މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބާދަގަނޑު ނީލަމުގައި ވިއްކާލުމަށް
އިޢުލާން
މި ކުންފުނީގެ ތިލަފުށި ސައިޓުގައި ހުރި ބާދގަނޑުތަކެއް ޚާއްޞަ ނީލަމެއްގެ ގޮތުގައި ވިއްކާލަން ބޭނުންވެއެވެ. މި ނީލަމާ ގުޅޭ ތަފުސީލު ތިރީގައި މިވަނީއެވެ.
- ނީލަން ކިއުން އޮންނާނީ 02 އެޕްރީލް 2015 އާދީއްތަ ދުވަހު 14:00 ގައި އެމް.ޓީ.ސީ.ސީ ރިޕެއަރ އެންޑް މެއިންޓެނެންސް ޑިޕާޓްމަންޓް ގައެވެ.
- މި ތަކެތި ބެހެއްޓިފައިވަނީ އެމްޓީސީސީ ތިލަފުށި ސައިޓްގައެވެ.
- މި ތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކަށް ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00–14:00 އަށް އެމްޓީސީސީ ތިލަފުށި ސައިޓަށް ވަޑައިގެންނެވުމުން ބެލޭނެ އިންތިޒާމު ހަމަޖެހޭނެެވެ.
- ނީލަންކިޔަނީ ގާތްގަޑަކަށް 200 ޓަނުގެ ބާދަގަނޑެވެ.
- ނީލަމުގައި ބައިވެރިވެވޭނީ އެކަމަށް އެދި އެމް.ޓީ.ސީ.ސީ ރިޕެއަރ އެންޑް މެއިންޓެނެންސް ޑިޕާޓްމަންޓުގައި ރަޖިސްޓަރީ ކުރެވި އަދި ސެކިއުރިޓީ ޑިޕޮސިޓް އަށްވާ -/10,000 ރ (ދިހަ ހާސް ރުފިޔާ) 02 އެޕްރީލް 2015، 13:00 ގެ ކުރިން ފައިސާ ދައްކަވާފައިވާ ފަރާތްތަކަށެވެ.
- ނީލަން ކިޔާނީ ހާޒިރީންގެ ކުރިމަތީގައި އަނގަބަހުން ނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުން ނެވެ.
- ނީލަން ފެށޭނީ ޓަނަކަށް -/2,500 ރުފިޔާގެ ރޭޓުން -/500,000ރ (ފަސް ލައްކަ ރުފިޔާ ) އަށެވެ.
- ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/1،000 ރުފިޔާއަށް ވުރެ ކުޑަނޫން އަދަދެއް ހުށަހަޅައިގެންނެވެ.
- ނީލަން ނިމޭތާ 24 ގަޑިއިރުގެތެރޭގައި ނީލަން ނިމުނު ފަރާތުން ފައިސާ ދައްކަންވާނެވެ.
- ނީލަން ނިމޭތާ 4 ދުވަހުގެ ތެރޭގައި ބާދަގަނޑުތައް އެތަނުން ގެންގޮސް ނިންމަންވާނެއެވެ.
- ދަގަނޑު ދޫކުރެވޭނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 ށް ހަވީރު 14:00 އަށެވެ.
މި ނީލަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3001484/3001477 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
2 ޖުމާދަލްއާޚިރާ 1436
22 މާރިޗު 2015
ހޯދާ