ދިވެހިރާއްޖެ
ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންދަވައި ގިނަދުވަހު ބަހައްޓާފައިވާ މިދަންނަވާ މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.
- މުދަލުގެ އަދަދާއި ބާވަތް: (ތަފްސީލު އެޓޭޗް ލިސްޓުގައި)
- ނީލަން ކިއުން އޮންނަ ތަން: ސަރވިސް ބިލްޑިންގ ގެ މީޓިންގ ރޫމް-2 ގައި
- ނީލަން ކިޔަން ފެށުން: 02 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހު ހަވީރު 04:00 ން ފެށިގެން.
- ނީލަމުގައި ބައިވެރިވުން: މިނީލަމުގައި ބައިވެރިވެވޭނީ 02 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 02:30 ގެ ކުރިން މިކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާޓްމަންޓުގައި ނަން ނޯޓުކުރާ ފަރާތްތަކަށެވެ. ނަން ނޯޓު ކުރައްވާއިރު އައި.ޑީ ކާޑު ފަދަ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ނީލަން ކިޔާ މުދާ ބެލުން: 31 މާރިޗު 2015 ވާ އަންގާރަ ދުވަހު އަދި 01 އެޕްރީލް 2015 ވާ ބުދަ ދުވަހު ހެނދުނު 09:30 ން މެންދުރުފަހު 01:30 އަށް
- ފައިސާ ދެއްކުމާއި މުދާ ގެންދިއުން
- ކަސްޓަމްސް ކްލިއަރެންސް ހަމަޖެއްސުމާއި ކަސްޓަމްސް ޑިއުޓީ ދައްކާނީ މުދާ ނީލަމުން ނެގި ފަރާތަކުންނެވެ. މުދާ ކްލިއަރ ކުރަން ބޭނުންވާ ވަސީލަތްތައް މިކުންފުނިން ފޯރުކޮށް ދެވޭނެއެވެ.
- ނީލަން ނިމޭނީ އެންމެ މަތީ އަގެއް ހުށަހަޅައި، ކަނޑައެޅިފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ އެވަގުތު ބެހެއްޓި ފަރާތަކަށެވެ. ޑިޕޮޒިޓް ފައިސާ ނުބަހައްޓާނަމަ، ފައިސާ ނުބެހެއްޓި މީހާ ނުހިމަނައި އެ މުދަލެއްގެ ނީލަން ކުރިއަށް ގެންދެވޭނެއެވެ.
ނީލަން ނިމޭ އަގު |
ސެކިއުރިޓީ ޑިޕޮޒިޓް ބަހައްޓަންވާ މިންވަރު |
||
500.00 |
ރ |
އާ ހަމައަށް އަގުގެ |
100% |
501.00- 1،000.00 |
ރ |
އާ ހަމައަށް އަގުގެ |
25% |
1،001.00- 10،000.00 |
ރ |
އާ ހަމައަށް އަގުގެ |
15% |
10,001.00 |
ރ |
އިން ފެށިގެން މައްޗަށް އަގުގެ |
10% |
- ލަސްވެގެން ނީލަން ނިމޭ ދުވަހާ ޖެހިގެން އަންނަ ދުވަހު ނީލަމުން މުދާ ނެގި ފަރާތުން "އޮކްޝަން ކާގޯ ޑެލިވަރީ އޯޑަރ"އާ ހަވާލުވާން ވާނެއެވެ.
- ޖީއެސްޓީ ގޮތުގައި %6 ނީލަން ނިމޭ އަގުން ނެގޭނެއެވެ.
- މުދާ ދޫކުރެވޭނީ މި ކުންފުންޏަށާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ފައިސާ ދެއްކެވުމަށްފަހު ޑެލިވަރީ އޯޑަރ މި ކުންފުންޏަށް ހުށަހެޅުއްވުމުންނެވެ. މި ކުންފުންޏަށް ފައިސާ ދައްކަވާނީ ނީލަން ނިމުނު އަގުން ސެކިއުރިޓީ ޑިޕޮޒިޓް ކެނޑުމަށްފަހު ބާކީވާ ވަރަކަށެވެ.
- ނީލަން ނިމި، ޑެލިވަރީ އޯޑަރ ދޫކުރެވޭތާ 10 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކަވައިފިނަމަ ނީލަން ބާޠިލު ކުރެވޭނެއެވެ. އަދި ނީލަން ނެގި ފަރާތަށް މިކުންފުނިން ބާއްވާ ނީލަމެއްގައި ބައިވެރިވެވޭނީ ނީލަން ބާޠިލުވާ ތާރީޚުން ފެށިގެން 90 ދުވަސް ފަހުންނެވެ.
- ނީލަމުން ނަގާ މުދަލަށް ސްޓޯރޭޖް ޗާޖް ނަގާނީ މިކުންފުނީގެ ސްޓޯރޭޖް ފީއާ ބެހޭ ގަވާއިދުގެ މަތިންނެވެ.
- ފައިސާ ދެއްކުމަށްފަހު މުދާ ނުގެންގޮސް ހުއްޓާ ސްޓޯރޭޖް ފައިސާގެ އަދަދު މުދަލުގެ އަގަށް ދެއްކި ފައިސާއާ އެއްވަރުވުމުން ނުވަތަ އެއަށްވުރެ އިތުރުވުމުން ނީލަން ބާޠިލުވާނެއެވެ. އަދި ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ ރިފަންޑް ނުކުރެވޭނެއެވެ.
ނީލަމާބެހޭ މައުލޫމަތު މި ކުންފުނީގެ ވެބްސައިޓުން(www.port.com.mv) ލިބިވަޑައިގަންނަވާނެއެވެ.
ނީލަން ނަންބަރު |
އަދަދު |
ތަފުސީލު |
ނީލަންފެށޭއަގު (ރ) |
|
މިއިން ކޮންމެ ނީލަމަކަށް މަދުވެގެން ފަހަރަކު އިތުރުކުރެވޭނީ 500.00ރ އެވެ. |
||||
5205 |
1920 |
NOS |
GYPSUM BOARD، 8’X4’X6MM |
53292 |
5206 |
150 |
ROLL |
POLYTIN TUBE ROLL 9” 6.43KG |
13948 |
5207 |
01 |
NOS |
JACUZZI، PLASTIC |
26486 |
5208 |
03 |
ROLL |
Data Electrical Cable، 4x2x0.58x 387m، HSYYT-6 |
1658 |
5209 |
18 |
ROLL |
Data Electric cable، 4x2x0.5x437m، HSYYT-54 |
11232 |
5210 |
8272 |
PCS |
Wooden Laminated Flooring 1034 box x8 pcs Size: 1215 x 195 x 12.3mm |
390073 |
06 ޖުމާދަލްއާޚިރާ 1436