މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓުންދޭ ޝެޑިއުލްއާ އެއްގޮތަށް ދަތުރުތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު

މ. މުލި     

ދިވެހިރާއްޖެ

                                                                                   ނަންބަރު: K5C-A/2023/18

އިޢުލާން

މިކޯޓުންދޭ ޝެޑިއުލްއާ އެއްގޮތަށް ދަތުރުތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

           މި ކޯޓުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، މަދުވެގެން 30 މީހުންގެ ޖާގައިގެ ސްޕީޑް ލޯންޗެއްގައި ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިކަންހުރި ޤާބިލް ފަރާތްތަކުން ތިރީގައިމިވާގޮތަށް މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            މިކަމާގޫޅޭ މަޢުލޫމާތު ޝީޓާއި، އަންދާސީ ހިސާބު ހުށަހަޅާ ފޯމް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މި ލިޔުންތައް ރަސްމީ ގަޑީގައި ކޯޓުގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި 6720622 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

             އަންދާސީ ހިސާބު ހުށަހަޅާނީ 09 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިކޯޓަށެވެ. ހުރިހާ ފަރާތްތަކުންވެސް އަންދާސީ ހިސާބު ހުށަހަޅަންވާނީ ކަނޑައެޅިފައިވާ ގަޑިއަށް ކޯޓަށް ހާޟިރުވެގެންނެވެ. އަދި އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ގެންނެވުން އެދެމެވެ.

 

27 ޑިސެމްބަރ 2023

     

27 ޑިސެންބަރު 2023
ހޯދާ