ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް ބިން ދޫކުރުން
މިރަށުގައި ދަނޑުވެރިކަމުގެ ބާވަތްތައް އުފެއްދުމަށް ބިން ބޭނުންވާ ފަރާތްތަކަށް މިރަށު ސްޕޯޓްސް އެރީނާގެ ގޮތުގައި ކަނޑައަޅާފައިވާ ބިމުން ބިން ދޫކުރުމަށް ވަނީހަމަޖެހިފައެވެ.
ބިން ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޟީލް:
- ބިމުގެ ބޮޑުމިން: 3000 އަކަފޫޓާއި 5000 އަކަފޫޓް.
- މުއްދަތު: 01 އަހަރު
- ބިމުގެ މަހު ކުލި: އަކަފޫޓަކަށް 15 ލާރި (ފަނަރަ ލާރި)
- ބިން ސާފުކޮށް މަސައްކަތް ފެށުމަށް އެއްވެސް ކުއްޔެއް ނެގުމެއް ނެތި 4 މަސްދުވަސް ދެވޭނެއެވެ.
ވީމާ، ބިން ބޭނުންވާ ފަރާތްތަކުން 03 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް މި އިދާރާގެ ކައުންސިލް އެގްޒެކެޓިވް އިސްމާޢީލް ޙަމްދޫން ((9712078 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ދެންނެވީމެވެ.
27 ޑިސެންބަރު 2023
ހޯދާ