ދިވެހިރާއްޖެ
ވަންދޫސްކޫލް
ތ.ވަންދޫ، ދިވެހިރާއްޖެ
ތާރީޚް: 27 ޑިސެމްބަރ 2022 GS179/IUL/2023/22 ނަންބަރު:
އިޢުލާނު
ވަންދޫ ސްކޫލްގެ ދަރިވަރުންގެ ފާހާނާތައް މަރާމާތު ކޮށްދޭނެ ފަރާތެއްހޯދުމާއި ގުޅޭ
މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2024 ޖެނުއަރީ މަހުގެ 08 ވަނަ ދުވަހުގެ 10:00(ހެނދުނު ) އަށް މި ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށް ފަހު 15 ޖެނުއަރީ 2024 ވާ ހޯމަ ދުވަހުގެ 10:00(ހެނދުނު ) އަށް މި ސްކޫލަށް ވަޑައިގެން ބީލަން ހުށަހެޅުމަށް ދަންނަވަމެވެ.
މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ނޯޓް: މި އިޢުލާނާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑްގައި ބައިވެރިވުމުގެ ފުރުސަތެއް ނުދެވޭނެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
14 ޖުމާދަލްއާހިރާ 1445
27 ޑިސެމްބަރ 2023