އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް                                    

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު                             

1 (އެކެއް)

މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަން              

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

ރަށް

ކ. މާލެ

މަޤާމުގެ ބާވަތް

ދާއިމީ

ސެކްޝަން

ހިއުމަން ރިސޯސް

 

 

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. މި މަދަރުސާގެ ދިވެހި މުވައްޒަފުންގެ ވަޒީފާ ދިނުން/ބަދަލުކުރުން/ވަކިކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  2. މި މަދަރުސާއަށް ގެނެވޭ ބިދޭސީ ޓީޗަރުންގެ ކޮންޓްރެކްޓް ހެދުމާއި، ވާރކް ވިސާއާ ގުޅޭ މަސައްކަތްތައް ކުރުން.
  3. މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި އެސް.އޭ.ޕީ ސިސްޓަމުގެ ތެރެއިން ޕޭރޯލް ހެދުން.
  4. މުވައްޒަފުންގެ ސަލާމާއި، ޗުއްޓީގެ ރިކޯޑުތައް ބެލެހެއްޓުން.
  5. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމާބެހޭ އިދާރީ މަސައްކަތްތައް ކުރުން.
  6. މުވައްޒަފުންގެ ހާޒިރީ ރެކޯޑް ބެލެހެއްޓުމާއި، ހާޒިރީ  ރިޕޯޓް މަހުން މަހަށް ތައްޔާރުކުރުން.
  7. މުވައްޒަފުންގެ ވަޒީފާއާ ގުޅޭގޮތުން މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް ތައްޔާރުކުރުން.
  8. ކޮންޓްރެކްޓް ފުރުވާ މުވައްޒަފުންގެ ކޮންޓްރެކްޓް ހެދުމާއި، ދާއިމީ މުވައްޒަފުންގެ ވަޒީފާ އެއްބަސްވުމާއި ވަޒީފާ ބަޔާންތައް ތައްޔާރުކުރުން.
  9. މި މަދަރުސާގެ މުވައްޒަފުންގެ ވަޒީފާއާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން ހުށައަޅާ ހުށަހެޅުންތަކަށް ދޭންޖެހޭ ޖަވާބު ތައްޔާރުކުރުން.
  10. މީގެ އިތުރުން، މަދަރުސާއިން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައިނެތް، އެހެންނަމަވެސް ޙާލަތު ނިޔާކުރާގޮތުން މަދަރުސާއިން މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، މަދަރުސާގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި މަދަރުސާއިން ހަވާލުކުރާ އިތުރު މަސައްކަތްތައް ކުރުން.

މަޤާމް                                   

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު                           

1 (އެކެއް)

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން             

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

ރަށް

ކ. މާލެ

މަޤާމުގެ ބާވަތް

ދާއިމީ

ސެކްޝަން

ބަޖެޓް

 

 

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. ރަސްމީ ބަޖެޓާއި، ސްކޫލުގެ އެހެނިހެން ފައިސާއާބެހޭ އެންމެހައި ލިޔެކިޔުންތައް، ސަރުކާރުގެ މުދަލާއި ފައިސާ  ހޭދަކުރުމުގެ  ޤަވާޢިދުގައި  ބަޔާން ކުރެވިފައިވާ  ގޮތުގެމަތިން ލިޔެ ބެލެހެއްޓުން.
  2. އޮފީހުން އެކުލަވައިލާ ތާވަލާ އެއްގޮތަށް އޮފީސް ހުޅުވައި ލެއްޕުން.
  3. މުވައްޒަފުންގެ މުސާރައިގެ މަސައްކަތްތައް، ސެޕްސިސްޓަމްގެ ތެރެއިން ކުރުން.
  4. އެސް.އޭ.ޕީ މޮޑިޔުލުގައި ހިމެނޭ މަސައްކަތްތައް ކުރުން.
  5. ސްކޫލަށް ކުއްޔަށްހިފާ ތަންތަނާއި ތަކެއްޗާއި އެސްޓިމޭޓް އުސޫލުން ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި، ސްކޫލުން އެކިއެކި ބޭނުންތަކަށް އެކިފަރާތްތަކަށް ތަކެތި ދޫކުރުމާއި، އަނބުރާ ގެނައުމުން، އެތަކެތި ބަލައިގަނެ، އެކަމާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.
  6. އެކިފަރާތްތަކުން މަދަރުސާއަށް އަންނަ ބިލުތަކަށް ފައިސާ ދެއްކުމުގެ ހުރިހާ ކަމެއް ކުރުން.
  7. ބަޖެޓް ކޮންޓްރޯލް ހެދުން.
  8. ސެކްޝަނަށް އަންނަ ފޯން ކޯލްތަކަށް ޖަވާބު ދާރީވުން.
  9. ލަފާކުރާ ބަޖެޓް ހެދުމުގައި އެހީތެރިވެދިނުން.
  10. ސެކްޝަނަށް އަންނަ، ބަޖެޓާ ގުޅޭ އެހެނިހެން ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  11. މީގެ އިތުރުން، މަދަރުސާއިން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައިނެތް، އެހެން ނަމަވެސް ޙާލަތު ނިޔާކުރާގޮތުން މަދަރުސާއިން މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، މަދަރުސާގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި މަދަރުސާއިން ހަވާލުކުރާ އިތުރު މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠު:

މަޤާމް

ރޭންކް

ކުލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

GS 3

އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖެމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަހަކު -/4،465 ރުފިޔާ

މަހަކު -/1،500 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

 - އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ ޢުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މެރިޓް ޢުސޫލުން އެންމެ މަތީ މާކުހެއް ލިބޭ ފަރާތެއް.
  2. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  4. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމުގެ ސިފަތައް.            

އިންޓަވިއު ކުރުން:

ހ.  އިއުލާންގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 20 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނި، މިމަދަރުސާގެ 6 ވަނަ ފަންގިފިލާގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާގެ ރިޝެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި މަދަރުސާގެ ރިސެޕްޝަނަށެވެ.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އެޕްރީލް 2 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:30 ގެ ކުރިއެެވެ. ވީމާ، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް (ޗާންދަނީމަގު) ވަޒީފާއަށް އެދޭ ފޯމާއި، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ހުށަހެޅުން އެދެމެވެ.

ނޯޓް:  

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ 3328072 ނަންބަރުފޯނަށް ގުޅުން އެދެމެވެ. 

4 ޖުމާދަލްއާޚިރާ 1436

24 މާރިޗު 2015
ހޯދާ