ދިވެހިރާއްޖެ
ހިންމަފުށީ ސްކޫލު
ކ.ހިންމަފުށި، ދިވެހިރާއްޖެ
ނަންބަރު:GS141/IUL/2023/19
މި ސްކޫލުގެ ކަރަންޓު ވަޔަރިންގ ރަނގަޅުކޮށް އައު ވަޔަރިންގ އެއް އަޅައިދޭނެ ފަރާތެއް ބޭނުންވެއެވެ.
މި ސްކޫލުގެ ކަރަންޓު ވަޔަރިންގ ރަނގަޅުކޮށް އައު ވަޔަރިންގ އެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން (GS141/IUL/2023/16)ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މި ބިޑްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 3 ޖަނަވަރީ 2024 ދުވަހުގެ 12:00 ގެ ކުރިން މި ސްކޫލަށް ދުރުވެ ނުވަތަ މި އިޢުލާނާއި އެކު ހިމެނިފައިވާ ގޫގުލް ފޯމް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
މި ބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑްހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތްތަކުން އެކަންޏެވެ.
ރަޖިސްޓްރީ ލިންކް: https://forms.gle/oP5hEk8seYGRz59w5
މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 3 ޖަނަވަރީ 2024 ދުވަހުގެ 13:00 އަށް މި ސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
އަންދާސީ ހިސާބާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަން ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
26 ޑިސެންބަރު 2023
13 ޖުމާދުލް އާޚިރު 1445