ދިވެހިރާއްޖެ
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
މާލެ،
ދިވެހިރާއްޖެ.
ނަންބަރު:IAS/MIS/2023/3294
ޢިއުލާން
ނީލަން ކިއުން
ތިމަރަފުށީ އެއަރޕޯޓުގައި ހުންނަ މޯލްޑިވިއަން އޮފީހުގައި ބޭނުންކޮށްފައިވާ ބައެއް ބައު ތަކެތި ނީލަމުގައި ވިއްކާލުމަށްބޭނުންވާތީ، މިނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޑިސެމްބަރ 2023ވާ ހޮނިހިރު ދުވަހުގެ 16:00އަށް ތިމަރަފުށި އެއަރޕޯޓުގައި ހުންނަ މޯލްޑިވިއަން އޮފީސް ކައިރިއަށް ވަޑައިގެންދެއްވުން އެދެމެވެ. ނީލަން ކިއުން އޮންނާނީ ހަމަ އެދުވަހުގެ 16:15ގައި މޯލްޑިވިއަން އޮފީސް ސަރަހައްދުގައެވެ. ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން ނީލަމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭކާޑު ގެންނެވުން އެދެމެވެ.
13 ޖުމާދަލްއާޚިރާ 1444
26 ޑިސެމްބަރ 2023