މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ދުވާފަރު 58.06 ގޯތި ރަޖިސްޓްރީ ކުރުމާއިބެހޭ:

 

އިޢުލާން

ރ.ދުވާފަރު ގެތައް ރަޖިސްޓްރީ ކުރުމާއިބެހޭ:

                        ރ.ދުވާފަރު 58.06 ނަމްބަރުގޭ ރ. ކަނދޮޅުދޫ ނޫރަލީގެ އަލްފާޟިލް މޫސާ ޢުމަރު އަދި ރ.ކަނދޮޅުދޫ މާކޯނިގެ ޙައްވާ އިސްމާޢީލްގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ މިފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ 2024 ޖެނުއަރީ 03 ވަނަ ދުވަހުގެ 14:00 ސުންމިނެޓް ގެ ކުރިން މި އިދާރާއަށް އެކަން އެންގެވުން އެދެމެއެވެ.

                      މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ،  އެފަދަ ކަމެއްނެތީ ކަމަށް ބަލައި ރ.ދުވާފަރު 58.06 ނަމްބަރުގޭ ރ. ކަނދޮޅުދޫ ނޫރަލީގެ އަލްފާޟިލް މޫސާ ޢުމަރު އަދި ރ.ކަނދޮޅުދޫ މާކޯނިގެ ޙައްވާ އިސްމާޢީލްގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

     13 ޖުމާދުލްއާޚިރު  1445

     26 ޑިސެމްބަރ  2023

26 ޑިސެންބަރު 2023
ހޯދާ