ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ / ކެނދިކޮޅު އަވަށު ، '' މަސްޖިދުއްނަޖާތު '' ގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާނު (ނަންބަރު (IUL)286-MP/286/2023/133)ގެ ބައެއް މަޢުލޫމާތުތަކަށް ބަދަލުގެނެވި، ކުރިން ކުރެވުނު އިޢުލާނުގެ މުއްދަތު އިތުރުކޮށް އަލުން އިޢުލާނު ކުރަމެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅޭނީ، 2023 ޑިސެންބަރު 21 ވީ ބުރާސްފަތި ދުވަހުގެ 13:00ގައި ކެނދިކުޅުދޫ ކައުންސިލްގެ އިދާރާގައި ބޭއްވުނު މި މަސައްކަތުގެ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަށް އެކަންޏެވެ.
މަސައްކަތަށް ގެނެވުނު ބަދަލުތައް :
މި މަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި ފޯރުކޮށްދޭނީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާއިންނެވެ.
1- މިސްކިތުގެ ފެންޑާ ބައިގެ ތަށިމުށި ބަދަލު ކުރުން
2- މިސްކިތުގެ އިރުމަތީގެ ކޮޅުގެ ކުކުޅު އަހިކޮޅޫގެ ސީލިން ބަދަލު ކުރުން
3- ވޯކްވޭގައި ހުރި ހުސްޖާގަތައް ފުރުމާއި ތަށިމުށި ބަދަލު ކުރުން
4- މިސްކިތުގެ އިރުމަތީ ކޮޅު ބިތުގައި ތަށިމުށި ޖެހުން ( ސީލިންގާ ހަމައަށް )
5- މިސްކިތުގެ ދެފަރާތު ފެންޑާގެ އެތެރެ ފާރުތަކުގެ ބިތުގައި މުށިޖެހުން ( ކުޑަ ދޮރުތަކުގެ އަރިމަތީކައިރިއާ ހަމައަށް )
6- މިސްކިތުގެ ގުދަންބަޔާއި އިމާމު ކޮޓަރީގެ އެތެރޭގައި 5 ފޫޓް އުސްމިނަށް މުށިޖެހުން
މިސްކިތުގެ ތަޅުމުގެ ކުރެހުމާއި މި މަސައްކަތުގެ މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެކު ގެޒެޓްކުރީމެވެ.
ބީލަން ހުށަހެޅުން :
މި މަސައްކަތުގެ ބީލަން ހުޅުވުން އޮންނާނީ 2023 ޑިސެންބަރު 31 ވާ އާދީއްތަ ދުވަހުގެ 11:00ގައި ކެނދިކުޅުދޫ ކައުންސިލް އިދާރާގެ މީޓިން ރޫމުގައެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
13 ޖުމާދަލްއާޚިރާ 1445
26 ޑިސެންބަރު 2023