މަދުރަސަތުއްސުލްޠާން މުޙަންމަދު/ގއ.ދެއްވަދޫ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަދުރަސާގެ ނަންބަރު GS-200/2015/01 (ފެބުރުވަރީ 3، 2015) ގެ އިޢުލާނުގައި މަސައްކަތުމީހެއްގެ ޝަރުޠު ނުބައިކޮށް ޖެހިފައިވާތީ، އެ އިޢުލާން ބާޠިލްކޮށް،  މަސައްކަތު މީހެއްގެ މަޤާމަށް އަލުން އިޢުލާނުކުރަމެވެ.

މަޤާމް

މަސައްކަތު

މަޤާމުގެ ރޭންކް

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ބޭނުންވާ އަދަދު

 1 (އެކެއް)

މުސާރަ

މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1،000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށާއި ސެކްޝަން

މަދުރަސަތުލް ސުލްޠާން މުޙައްމަދު / ގއ. ދެއްވަދޫ / އިދާރީ ސެކްޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކާއި ވާޖިބުތައް:

1- ސްކޫލުގެ ގޯތިތެރެއާއި، ބޯޅަދަނޑާއިވީ ފަރާތުގެ މަގު، ކޮންމެ ދުވަހަކު ކުނިކަހައި ސާފުކުރުމާއި، ގުރޭޑް1 ، 5 ، 6 އަދި އޮފީސްރޫމް ކޮންމެ ދުވަހަކު ސާފުކޮށް މޮޕްލައި، ޑެސްކާއި ގޮނޑިތައް ހަމަކޮށް ތަރުތީބުކުރުމާއި، ހަވާލުކުރެވިފައިވާ ޢިމާރާތްތަކުގެ ދޮރުފަތްތައް ކޮންމެ ދުވަހަކު ހުޅުވާ ލެއްޕުން.

2- ސާފު ބޯފެން ނެގޭނެ އިންތިޒާމް ހަމަޖައްސައި، ކޮންމެ ވިއްސާރަ މޫސުމެއްގައި ތާނގިތައް ރަނގަޅަށް ސާފުކޮށްފައި ފެންއެޅޭނެ އިންތިޒާމް ހަމަޖެއްސުން.

3- ސްކޫލުގެ ގޯތިތެރޭގައި ހުރި ރުއްރުކާއި، ގަސްގަހާއި، އެނޫން ތަކެތި، ކޮންމެ މަހަކު އެއްފަހަރު ސާފުކޮށް ބެލެހެއްޓުން.

4- އަންހެން ކުދިންގެ ފާޚާނާތައް ކޮންމެ ދުވަހަކު ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.

5- ރަސްމީ ގަޑީގައި ދަރިވަރުން ސްކޫލްތެރޭގައި އުޅޭއިރު، އުޅޭ ނޫޅޭގޮތް ބެލުން.

6- ސްކޫލް ފެހިކުރުމަށް، ސްކޫލުގެ މެނޭޖްމަންޓާ ގުޅިގެން ގަސްއިންދައި، ކޮންމެ ދުވަހަކު ގަސްތަކަށް ރަނގަޅަށް ފެންދިނުން.

7- ސްކޫލުގެ ގޯތިތެރެ ހިރަފުހުން ސަލާމަތްކުރުމަށްޓަކައި، ކޮންމެ ދުވަހެއްގެ އެސެމްބްލީ ފެށުމުގެ ކުރިން، ގޯތިތެރެއަށް ފެންޖެހުން.

8- ސްޓާފްރޫމުގައި ބޭނުންކުރާ އެންމެހައި މެޝިނަރީތަކާއި، ދޮރާއި ދޮރުފަތްތައް، ކޮންމެ ހަފުތާއަކު 2 ދުވަހު ހިރަފުސްފޮޅައި ސާފުކުރުން.

9- ކޮންމެ  މަހަކު 2 ފަހަރު ގުރޭޑް 1،5 އަދި 6 ގެ ކުލާހުގެ ފަންކާތައް ސާފުކުރުމާއި، ކޮންމެ ހަފުތާއަކު 2 ދުވަހު، ހަވާލުކުރެވިފައިވާ ކުލާސްތަކުގެ ދޮރާއި ދޮރުފަތްތައް ސާފުކުރުން.

10- ސްކޫލުގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތުތަކާއި، ބައްދަލުވުންތަކަށް ތަން ތައްޔާރުކުރުން.

11- ސްކޫލުގެ ފަރުނީޗަރުތައް އަބަދުވެސް ތަރުތީބުން އަތުރާފައި ބެހެއްޓުން.

12- ދަރިވަރުން ބޭނުންކުރާ ގޮނޑިއާއި ޑެސްކުތައް ހިރަފުސްފޮޅައި، ކުލާސްރޫމްތައް ތަރުތީބުން އެތުރުން.

13- ސްކޫލަށް އަންނަ މެހެމާނުންނަށް މެހެމާންދާރީ އަދާކުރުން.

14- ސްކޫލަށް އަންނަ މެހެމާނުންގެ ފޮށިތަންމަތިތައް ގެންގޮސް ގެނެސްދިނުމާއި، ބޯޓްފަހަރުން ސްކޫލަށް ގެންނަ ތަކެތި ސްކޫލަށް ގެނައުމާއި، ބޯޓްތަކަށް ގެންދިއުން.

15- ސްކޫލުގައި ބޭއްވޭ ހަރާކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠު:

- ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށް ދިނުން.

އުޖޫރަޔާއި ޢިނާޔަތްތައް:

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.

އިންޓަވިއުއާއި، އިމްތިޙާންކުރުމާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚު:

- އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، 2015 އެޕްރީލް 5 ވާ އާދީއްތަ ދުވަހު، މަދުރަސަތުލް ސުލްޠާން މުޙައްމަދު/ ގއ. ދެއްވަދޫ ގައެވެ. އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް، އިންޓަވިއު ބޭއްވުމުގެ 48 ގަޑިއިރުގެ ކުރިން އެކަން އެންގޭނެއެވެ.

- މި މަޤާމަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް، މި މަދުރަސާއިން ލިބެން ހުންނާނެއެވެ.)

2- ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭނެ ފޯނު ނަންބަރާއެކު)

5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ސުންގަޑި: މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2015 އެޕްރީލް 1 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެތި، މި މަދުރަސާއަށް ހުށަހެޅުން އެދެމެވެ. 

އިތުރު މަޢުލޫމާތު: މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  7983076 ނަންބަރު ފޯނަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ އެންމެހައި ލިޔުންތައް ހުށަހަޅަންވާނީ މި މަދުރަސާގެ އިދާރާއަށެވެ. މި މަދުރަސާގެ ފެކުހަށާއި، އީ މެއިލަށް ފޮނުވާ ލިޔުންތައް ބަލައެއް ނުގަނެވޭނެއެވެ.

 3 ޖުމާދަލްއާޚިރާ 1436

23 މާރިޗު 2015
ހޯދާ