އިޢުލާން |
ވަޒީފާގެ ފުރުޞަތު:
|
އިސްދޫ ކައުންސިލް އިދާރާއިން 25 އޯގަސްޓް 2014 ގައި ކުރެވުނު ނަންބަރު 395-C(A)/2014/18 އިއުލާން، ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން، ބާޠިލުކޮށް، އަލުން އިއުލާނު ކުރެވިފައި.
|
މަޤާމު:
|
އެސިސްޓެންޓް ޑިރެކްޓަރ
|
މަގާމުގެ އަދަދު:
|
1 ( އެކެއް)
|
ރޭންކު:
|
އެމް. އެސް 3
|
ކުލެސިފިކޭޝަން:
|
އެސިސްޓެންޓް ޑިރެކްޓަރ
|
މުސާރަ:
|
7035.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
2000.00 ރުފިޔާ
|
ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި ސެކްޝަން
|
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ / ކޯޕަރޭޓް އެފެއާޒް
|
މަގާމުގެ ފެންވަރު ނުވަތަ ޝަރުޠު / ތައުލީމާއި ތަޖުރިބާ
|
- އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓުގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖިރިބާ ލިބިފައިވުން. ނުވަތަ؛
- އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓުގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖިރިބާ ލިބިފައިވުން. ނުވަތަ؛
- އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓުގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖިރިބާ ލިބިފައިވުން. ނުވަތަ؛
- އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓުގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށް ފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އެޑްމިނިސްޓްރޭޝަން، އެޗު.އާރު އެންޑް އިންފޮމޭޝަން ޔުނިޓުގެ މަސައްކަތްތައް ރާވައި، އިންތިޒާމުކޮށް، މުވައްޒަފުން ލައްވައި ކުރުވުން.
- އިދާރާގެ އިކޮނޮމިކް، އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް ހިންގުމާބެހޭ އެންމެހައި ކަންތައްތައް، ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާގޮތުގެމަތިން، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތިން، ކައުންސިލާއި ޒިންމާދާރުވެރިޔާގެ މަޝްވަރާއާއެކު، ރައްޔިތުންނަށް އެންމެ ފައިދާއާއި މަޞްލަޙަތުހުރިގޮތެއްގެމަތިން ނަޒާހަތްތެރިކަމާއެކު ރާވައި ހިންގުމާއި، ރަށު ކައުންސިލުންދޭ ރަށްވެހިކަމުގެ ޚިދުމަތްތަކާއި، އިޖުތިމާޢީ ކަންކަމާއި، އިޤްތިޞާދީ ކަންކަމާއި، ތަރައްޤީގެ ކަންކަން ހިންގައި ބެލެހެއްޓުން.
- ކައުންސިލުން ނިންމާ ކަންތައްތައް ތަންފީޒްކުރުމުގައި ކުރަންޖެހޭ އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސްގެ މަސައްކަތްތައް މުވައްޒަފުންލައްވައި ކުރުވުމާއި، ސުޕަވައިޒަރުންގެ މަސައްކަތްތައް ބަލައި، ކައުންސިލަށާއި ޒިނަމާދާރުވެރިޔާއަށް ޖަވާބުދާރީވުން.
- ސަރުކާރުގެ އެކިއެކި މުއައްސަސާތަކަށް ބޭނުންވާ މަޢުލޫމާތު ހަލުވިކަމާއެކު ފޯރުވައިދިނުމަށް، އިދާރާގެ އިކޮނޮމިކް، ސޯސަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓާ ހަވާލުކުރެވޭ މަސައްކަތްތައް ކުރާ ނުކުރާގޮތް ބަލައި، އެކަށީގެންވާ އަވަސް ފުރުޞަތެއްގައި ޖަވާބުދާރީވުން.
- މީގެ އިތުރުންވެސް، ވަޒީފާގެ މަސްއޫލިއްޔަތާ ގުޅިގެން ކައުންސިލްގެ ރައީސް ނުވަތަ ޒިންމާދާރުވެރިޔާ އަންގަވާ ކަންކަން ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތައުލީމާއި ތަމްރީނު
- ވަޒީފާއާ ގުޅޭ ދާއިރާއިން ހޯދާފައިވާ ތަމްރީން
- ގިނަވަގުތު މަސައްކަތުގައި އުޅޭވޭފަދަ ޞިއްޙަތެއްގައިހުރި މީހެއްތޯއާއި، މަސައްކަތުގެ ހުނަރާއި، ޤާބިލްކަން ހުރި މީހެއްތޯ ބެލޭނެއެވެ.
|
އުޖޫރައާއި ޢިނާޔަތްތައް:
|
ސިވިލް ސަރވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.
|
އިންޓަވިއުއާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނަކާއި މުއްދަތު:
|
ތަނާއި މުއްދަތު ނުވަތަ ތާރީޚު ކަނޑައެޅި ހަމަޖެހުމުން، މަދުވެގެން ރަސްމީ 5 ދުވަހުގެ ކުރިން، މި މަޤާމަށް އެދުނު ފަރާތްތަކަށް އެކަން އެންގޭނެއެވެ.
|
ތަކެތި ހުށަހެޅުމުގެ ސުންގަޑިއާއި ތަން:
|
2015 އެޕްރީލް 5 ވާ އާދީއްތަ ދުވަހުގެ 15.00 ގެ ކުރިން މި އިދާރާއަށް.
|
ހުށަހަޅަށްޖެހޭ ލިޔުންތައް:
|
- ސިވިލް ސަރވިސްގެ ވަޒިފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި އިދާރާގެ ކައުންޓަރުންނާއި، އިސްދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓުން ( [email protected]ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފުކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތައުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަނުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)
|
އިތުރު މަޢުލޫމާތު:
|
އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ، އަތޮޅު ކައުންސިލްގެ އިދާރާ 6800713 ނަންބަރު ފޯނަށެވެ.
|