ވަޒީފާގެ ފުރުޞަތު
|
މަޤާމް:
|
އޮފިސަރ
|
ވަޒީފާގެ ދާއިރާ:
|
ކޯޕަރޭޓް އެފެއަރޒް ޑިޕާޓްމަންޓު
|
ބޭނުންވާ ޢަދަދު:
|
02
|
މުސާރަ:
|
-/8,000ރ އާއި -/13,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ؛
މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ކުންފުނިން އެކި އިދާރާތަކަށް/އަމިއްލަ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި ހާމަކުރުމާ ގުޅޭ އެންމެހާ މަސައްކަތްތަކެއް ޑިޕާރޓްމަންޓް ހިންގެވުމާއި ހަވާލުވެ ހުންނެވި އެންމެ އިސްވެރިޔާ އަންގަވާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުމާއި އަދި އެކަމާ ގުޅޭ ރިކޯރޑްސް ބެލެހެއްޓުން.
- ކުންފުނީގެ އެކިއެކި އިވެންޓްތަކަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި އިންތިޒާމްތައް ހަމަޖެއްސުން.
- ކުންފުންޏާއި އިދާރީގޮތުން ގުޅުންހުރި ސިޓީ/ރިޕޯޓް ފަދަ ތަކެތި އިނގިރޭސި އަދި ދިވެހި ބަހުން ޑްރާފްޓްކުރުން.
- ކުންފުނީގެ ސަރކިއުލަރތައް ތައްޔާރުކުރުމުގެ މަސައްކަތުގައި އެހީތެރިވުމާއި އަދި ސަރކިއުލަރތައް ހުރިހާ މުވައްޒަފުންނަށް ފޮނުވުމުގެ މަސައްކަތް ކުރުމާއި ބެލެހެއްޓުން.
- އިދާރީ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި އަދި ވެރިން އަންގަވާ ގޮތުގެ މަތިން ޑިޕާޓްމަންޓުގެ މަސައްކަތްތައް ކުރުން.
|
މަޤާމް:
|
ސަޕޯޓް އެސިސްޓެންޓް
|
ވަޒީފާގެ ދާއިރާ:
|
ކޯޕަރޭޓް އެފެއަރޒް
|
ބޭނުންވާ ޢަދަދު:
|
02
|
އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް:
|
-/8,000ރ އާއި -/10,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
ގްރޭޑް 07 ގެ ފެންވަރަށް ތައުލީމް ހާސިލްކޮށްފައިވުން އަދި މަސައްކަތްކުރެވޭނެ ފަދަ އުމުރާއި ސިއްހީގޮތުން އެކަށީގެންވުން.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ސްޓެލްކޯ ބައްދަލުވުންތަކަށް ސައި، ކޮފީ ތައްޔާރުކުރުން.
- ސްޓެލްކޯގެ ސައި ކޮޓަރިތައް ސާފުތާހިރުކޮށް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި އެނޫންވެސް މަސައްކަތާއި ގުޅުން ހުރި ކަންކަން ކުރުން.
- ކުންފުނިން ބާއްވާ އިވެންޓްތަކުގައި އިވެންޓް މާލަމްތައް ތައްޔާރުކުރުމާއި ގޮޑި މޭޒު ޖެހުމުގެ މަސައްކަތްތައް ކުރުން.
- އަދި މީގެ އިތުރުންވެސް ދާއިރާގެ އިތުރު މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮއްދިނުން.
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
31 ޑިސެންބަރު 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް 31 ޑިސެންބަރު 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
12 ޖުމާދަލްއާޙިރާ 1445
26 ޑިސެންބަރު 2023
|