ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން / ޖުޑީޝަލް ޓްރެއިންގ ސެންޓަރ (ވިލިމާލެ)

އަސާސީ މުސާރަ

މަހަކު -/4،465 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %50

- ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

- ލިވިންގ އެލަވަންސް: މަހަކު -/3،000 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS 2 ގެ ރޭންކުގެ ޝަރުޠު ހަމަވެ، އެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތް

1- ހަމަޖެހިފައިވާ ގޮތުގެމަތިން އޮފީސް ހުޅުވައި ލެއްޕުމާއި، އޮފީހަށް އަންނަ ސިޓީއާއި ތަކެތި ބަލައިގަތުމާއި، އޭގެ ރެކޯޑުތައް ބެލެހެއްޓުން. 

2- ރަށު ކޯޓުތަކުން ކުރާ ކައިވެނީގެ މަޢުލޫމާތު ފޯމް ލިބުމުން، އޭގައިވާ މަޢުލޫމާތު "ރާއްޖޭގައި ކުރެވޭ ކައިވެންޏާއި ވަރީގެ ދަފްތަރަށް" އެންޓަރކޮށް، ސްކޭން ޝީޓް އެޓޭޗްކޮށް، އެދުވަހެއްގައި ލިބޭ ހުރިހާ ފޯމްތަކެއް ދަފްތަރަށް އެންޓަކޮށް، ދުވަހުން ދުވަހަށް ދަފްތަރު އަޕްޑޭޓްކޮށް ނިންމުން.

3- ކާވެންޏާއި ވަރީގެ ދަފްތަރު ފުރިހަމަކުރުމަށްޓަކައި އިތުރަށް ހޯދަންޖެހޭ މަޢުލޫމާތު ހޯދުމަށް ކޯޓުތަކަށް ފޮނުވަންޖެހޭ މެސެޖުތައް، އެސިސްޓެންޓް ޑިރެކްޓަރުގެ ލަފާގެމަތިން ލިޔެ ތައްޔާރުކޮށް، އެ މެސެޖުތައް ދުވަހުން ދުވަހަށް އެ ކޯޓުތަކަށް ފޮނުވުން.

4- އަރުޝީފަށް ލިބޭ ތަކެތި ބަލައިގަތުމާއި، އަރުޝީފުން އެކިއެކި ތަންތަނަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުމާއި، ލިޔަންޖެހޭ ސިޓީއާއި ނޯޓުފަދަ ތަކެތި ލިޔުމާއި، އޮފީހުގެ އެކިއެކި ކަންކަމާ ގުޅިގެން އޮފީސް ހުޅުވައިގެން މަސައްކަތް ކުރަންޖެހޭ ވަގުތުތަކުގައި ހަމަޖެހިފައިވާގޮތުގެމަތިން އޮފީހުގެ ޑިއުޓީގައި ހުރުން.

5- ދުވަސްވީ ލިޔުންތައް ސްކޭންކުރުމަށް ކުރަމުންގެންދާ މަސައްކަތުގައި ބައިވެރިވެ، އެކަމަށް ކަނޑައެޅޭ ވަގުތުތަކެއްގައި ސްކޭން ކުރުމުގެ މަސައްކަތްކުރުން.

6- އޮފީހުގެ އެހެން މުވައްޒަފަކު ކުރަމުންގެންދިއަ މަސައްކަތެއް ވަގުތީގޮތުން ކުރަން ހަވާލުކުރުމުން، ހަމަޖެހިފައިވާގޮތުގެމަތިން އެކަން ބަރާބަރަށް ދުވަހުން ދުވަހަށް ކުރަމުން ގެންދިއުން.

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- ސެޓްފިކެޓް ލެވެލްގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިނުވާ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

 

2015 އެޕްރީލް 2 ވާ ބުރާސްފަތި ދުވަހުގެ 15.00 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު

 

 

  • މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ، ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓުން (www.judiciary.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެއެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުން އެދެމެވެ.
 4 ޖުމާދަލްއާޚިރާ 1436
24 މާރިޗު 2015
ހޯދާ