މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445ވަނަ އަހަރުގެ ރަމަޟާންމަހު ހިފްޡުކޮށް ތަރާވީޙްނަމާދު ކުރާނެ ޙާފިޡަކު ހޯދުން

1445ވަނަ އަހަރުގެ ރަމަޟާންމަހު ހިފްޡުކޮށް ތަރާވީޙްނަމާދު ކުރާނެ ޙާފިޡަކު ހޯދުން

       1445 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުއްރަޙީމްގައި ހިމާމުވެ ހިފްޡްކޮށް ތަރާވީޙްނަމާދު ކުރާނެ ހާފިޡަކު މިކައުންސިލަށް ގެނެސްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ޖެނުއަރީ 2024ވާ ބުރާސްފަތި  ދުވަހުގެ 11:00ގެ ކުރިން މިކަން ކުރެވިދާނެ އަގު ( ކޯޓޭޝަން ) މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް މެދުވެރިކޮށްވެސް ކޯޓޭޝަން ހުށަހެޅުއްވުމުގެ ފުރުސަތު އޮތްވާހަކަ ދަންނަވަމެވެ. މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6540027މި ނަންބަރަށް ގުޅުއްވުން އެދެމެވެ.

ތިރީގައިވާ މައުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ.

  1. ހާފިޡުގެ ދެކޮޅު ޓިކެޓް ( ރާއްޖެއިން ބޭރުން ގެނައުމާއި އެނބުރި ޤައުމަށް ފޮނުވުމުގެ ޚަރަދު)
  2. މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދާ، ރަށަށް ގެނައުމާއި އެނބުރި މާލެ ދިއުމުގެ ޚަރަދު.
  3. ވިސާ ދެއްކުމާއި އިންސުއަރެންސް ފީ ދެއްކުމުގެ ޚަރަދު އަދި ދައުލަތުގެ އެހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަކުރުން.
  4. ހުށަހަޅާ ފަރާތުގެ ނަން، ގުޅޭނެ ނަންބަރު، އައިޑީކާޑުގެ ކޮޕީ، (ކުންފުންޏެއްނަމަ ރަޖިސްޓްރީގެ ކޮޕީ ).
  5. ތަޖުރިބާގެ ލިޔުން އޮތްނަމަ އޭގެ ކޮޕީ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ޑިސެންބަރު 2023
ހޯދާ