އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ (މިއަހަރުގެ) ރަމަޟާން މަހު އިމާމުވެ ތަރާވީޙް ނަމާދު ކުރާނެ ޙާފިޡަކު ހޯދުން.

1445 ވަނަ އަހަރުގެ ރަމަޝާން މަހު މިރަށު "މަސްޖިދުއްނަޞްރު" މިސްކިތުގައި އިމާމު ޙިފްޡްކޮށް ތަރާވީޙް ނަމާދު ކޮށްދޭނެ ދިވެހި ނުވަތަ ބޭރުގެ ޙާފިޡަކު ބޭނުންވެއެވެ.

ވީމާ، ޙާފިޡަކު ފޮނުވައިދޭން އެދޭ ފަރާތްތަކުން، ތިރީގައި އެވާ މަޢުލޫމާތާއިއެކު، 2024 ޖެނުއަރީ 08 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، ޙާފިޡު އދ. ހަންޏާމީދޫއާއިހަމައަށް ފޮނުވައިދޭނެ އަގު، މި އިދާރައިގެ [email protected] އީމެއިލަށް ފޮނުވުން އެދެމެވެ. ދިވެހި ޙާފިޡެއްނަމަ ހުރުމާއި ކެއުން ހަމަޖައްސައި ދިނުމުގެ އިތުރުން، އިމާމުވެ ތަރާވީޙް ނަމާދުކުރާ ކޮންމެ ރެއަކަށް 500.00 ރުފިޔާގެ އެލަވަންސެއްދެވޭނެއެވެ.

-         ރާއްޖޭގެ ޙާފިޡަކުނަމަ؛ ޙާފިޡުގެ ވަނަވަރު

-         ރާއްޖެއިން ބޭރުގެ ޙާފިޡަކުނަމަ؛ ރާއްޖެ ގެނައިސް ރަށާހަމައަށް ފޮނުވައިދެވޭނެ އަގު (ޙާފިޡުގެ ހުރުމާއި އެކުން ފިޔަވައި އެހެން ހުރިހާ ޚަރަދެއް ހިމެނޭގޮތަށް)

-         ޙާފިޡު ގެނައިސްދޭ ޤައުމު

 

 

އިތުތު މަޢުލޫމާތު ސާފުކުރުމަށް މިއިދާރައިގެ ނަންބަރު: 6680056 ފޯނަށް ނުވަތަ 6680633 އަށް ގުޅުއްވުން އެދެމެވެ.

(IUL)347-ES/347/2023/58

25 ޑިސެންބަރު 2023
ހޯދާ