ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް ޕަބްލިކް ރިލޭޝަން ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

އިޢުލާން

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް ޕަބްލިކް ރިލޭޝަން ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

މި އެޖެންސީގެ  ނަންބަރު  (IUL)199-GAS/199/2023/91 (21 ޑިސެންބަރު 2023) އިޢުލާނުގެ ސްކޯޕަށް ބަދަލު އައުމާއި ގުޅިގެން އެއިޢުލާނު ބާތިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މި ކޮންސަލްޓެންސީ ޚިދުމަތާ ގުޅޭ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު) މމި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި ޓީ.އޯ.އާރު މި އެޖެންސީގެ ވެބްސައިޓް www.nspa.gov.mv ގައި ޝާޢިއު ކުރެވިފައި ވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑީގައި މި އޮފީހަށް ދުރުވެ، އަންދާސީހިސާބު ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ.

ތަފްޞީލު

ތާރީޚު

ދުވަސް

ގަޑި

އަންދާސީހިސާބު ހުށަހެޅުން

03 ޖަނަވަރީ 2023

ހޯމަ

11:00

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ( ގެ މީޓިންގ ރޫމްއަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

މި ކޮންސަލްޓެންސީ ޚިދުމަތާގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލްކުރައްވާނީ 28 ޑިސެންބަރު 2023 ގެ 14:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. އީމެއިލް ކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާން ނަންބަރު އަދި ކޮންސަލްޓެންސީ ޚިދުމަތުގެ ނަން ލިޔުއްވަން ވާނެއެވެ.

-          އީމެއިލް: [email protected]

25 ޑިސެންބަރު 2023
ހޯދާ