މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގްރީން ހާރޓް ކެފޭ މިހާރު ހިންގަމުންދާ ބިމާއި އިމާރަތް ކެފޭ/ރެސްޓޯރެންޓް ހިންގުމަށް ކުއްޔަށް ދުކުރުމާއި ގުޅޭ

ނ. ކެނދިކުޅުދޫ ގްރީން ހާރޓް މިހާރު ހިންގަމުންދާ ބިމާއި އިމާރާތް ކުއްޔަށް ދޫކުރުމަށް އިޢުލާނު ކުރަމެވެ. ވީމާ މިދެންނެވި ސަރަޙައްދުގައި ކެފޭ/ ރެސްޓޯރަންޓް ޤާއިމްކޮށް ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

މި އިޢުލާނަށް ބީލަން ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ނަން ނޯޓް ކުރުން/ ރަޖިސްޓްރޭޝަން

  • ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން،  31 ޑިސެންބަރު 2023 ވާ އާދިއްތަ ދުވަހު  00:14 ގެ ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރަންވާނެއެވެ.  ބިޑުގައި ރަޖިސްޓަރީވާ ފަރާތްތައް ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބިޑު ހުށައެއްނޭޅޭނެއެވެ.
  • https://forms.office.com/r/G5uPv9AuKG

 

  • ބިން ނަންބަރު 286-G13  ޚާއްސަ ކުރެވިފައިވަނީ ކެފޭ/ރެސްޓޯރަންޓް ވިޔަފާރިއަށެވެ.

 

ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 02 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 11:00 ގައި، ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.
  • މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
  • ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު)  އިނގޭނެ ގޮތަށް ސިޓީއެއް ގެންނަވާނެއެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ  11 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑް / ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  • ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑުހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
  • ކުލީގެ ގޮތުގައި ފެށޭ އަގެއްގެ ގޮތުގައި ހުށައަޅަންވާނީ މީލާދީ މަހަކަށް 3500ރ (ތިންހާސް ފަސްސަތޭކަ) އަށްވުރެ ކުޑަނޫން އަގެކެވެ.

މާކްސް ދިނުން

  • ·    ބިމުގެ ކުލީގެ ގޮތުގައި ހުށަހަޅާ އަގަށް %70 (ހަތްދިހަ ޕަސަންޓް)

-         ބިމުކުލީގެ ގޮތުގައި ހުށަހަޅާފައިވާ ޖުމުލަ އަގަށް                %60

-         ބިމުކުލީގެ ގޮތުގައި ހުށަހަޅާފައިވާ އަގަށް ގެންނަ ބަދަލުގެ އިންސައްތައަށް   

 

  • ·    ހުށަހަޅާ ޕްރޮޕޯސަލްއަށް   %30 (ތިރީސް ޕަސަންޓް)

ޕްރޮޕޯސަލްއިވެލުއޭޓްކުރުމުގައިބެލޭނެކަންކަމާއިޕޮއިންޓްދެވޭނެގޮތް (30 އިންސައްތަ ބެހިފައިވާ ގޮތް)

-          ޙިދުމަތް ދިނުމަށް ފަށާނެ މުއްދަތު            %5

-          ޙިދުމަތުގެ މުއްދަތަށް                   %5

-          ވަޒީފާ އުފައްދާ މިންވަރު               

-          ތަޖުރިބާ                          %5

އިތުރު މަޢުލޫމާތު:

  • އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ  އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

-          ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

-          ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،

-          ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި)

-          އީމެއިލް: [email protected]

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

11  ޖުމާދަލްއާޚިރާ 1445

24  ޑިސެންބަރު  2023

24 ޑިސެންބަރު 2023
ހޯދާ