މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ލަންދޫ ކައުންސިލް އިދާރާގެ ކޮންފަރަންސްހޯލާއި، ބަދިގެ އަދި ވެއިޓިންގ އޭރިޔާގައި މިހާރު ނުނިމިހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ :

މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލް އިދާރާގައި މިހާރު ރާނާ ނިންމާ ހިޔާކޮށް، ސިމެންތިޖަހާ، ތަޅުންއަޅާ ހަދާފައިވާ ކޮންފަރަންސް ހޯލާއި، ބަދިގެ އަދި ވެއިޓިންގ އޭރިޔާގައި މިހާރު ނުނިމިހުރި ހުރިހާ މަސައްކަތްތަކެއް، މިއިދާރާއިންދޭ މަޢުލޫމާތާއި، ކުރެހުންތަކާއި އެއްގޮތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. 

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިހިނގާ ޑިސެމްބަރު މަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 03 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން  ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ އެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

24 ޑިސެންބަރު 2023
ހޯދާ