ދިވެހިރާއްޖެ
މި ކުންފުނިން ދައްކާ ނަމޫނާއާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކުންފުނިން ބޭނުންކުރަމުން އަންނަ ޓީޝާޓް / ޔުނީފޯމް އަދި ފަޓުލޫނު، ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިކަމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚުގައި ކުޅުދުއްފުށީ ޕޯޓް ލިމިޓެޑަށް އީ.މެއިލްގެ ޒަރީއާއިން ރަޖިސްޓްރީ ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތާރީޚް |
ގަޑި |
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން |
24 ޑިސެމްބަރ 2023 އިން 02 ޖަނަވަރީ 2024 އަށް |
13:00 ގެ ނިޔަލަށް |
މަޢުލޫމާތު ސާފުކުރުން (ޕްރީބިޑް ބައްދަލުވުން) ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ ކޮންފަރެންސް ރޫމުގައި |
03 ޖަނަވަރީ 2024 |
13:30 |
އަންދާސީ ހިސާބު ހުށަހެޅުން ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ ކޮންފަރެންސް ރޫމުގައި |
07 ޖަނަވަރީ 2024 |
13:30 |
ބިޑްގައި ރަޖްސްޓްރީ ކުރުމަށް:https://shorturl.at/bimM6
މަޢުލޫމާތު ކަރުދަސް ވިދާޅުވުމަށް: https://shorturl.at/uDIK4
އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރީގެ އުޞޫލުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
ބީލަމުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާއި ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮއްފައިވާ ލިޔުންތައް ފުރިހަމަ ނުކުރާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީ.މެއިލް ކުރައްވާނީ [email protected] އަށެވެ. ނުވަތަ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:00 އާއި 13:00 އާއި ދެމެދު މި އޮފީހުގެ ނަންބަރ 6528558 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.