މަޤާމު:
|
ކައުންސިލް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-379912
|
ބޭނުންވާ އަދަދު:
|
1
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
އެމް. އެސް 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސީނިއަރ އޮފިސަރ ގްރޭޑް 1
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ކޯޕަރޭޓް އެފެއަރޒް ސެކްޝަން / މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
|
މުސާރަ:
|
5610.00 ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ
|
ސަރވިސް އެލަވަންސް:
|
2000.00 ދެހާސް ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35
- ސަޕޯޓިންގ ކޯ އެލަވަންސް: 700.00 ރުފިޔާ
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ
- ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖުގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ލިބޭ ނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
- އަލަށް ވަޒީފާ ދިނުމާއި، މުވައްޒަފުން ބަދަލުކުރެއްވުމާއި، ވަކިކުރެއްވުމާއި ގުޅޭ މަސައްކަތްތައް ވިއުގަ މެދުވެރިކޮށް ކުރުމާއި ވަޒީފާ ބަޔާންތަކަށް އަންނަ ބަދަލުތައް ސީއެސް ވިއުގައިން އަޕްޑޭޓްކުރުމާއި މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އެންމެހާ ލިޔުންތަކާއި ރެކޯޑްތައް ވިއުގައަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ކައުންސިލްގެ މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމާއި ގޮތް ނިންމުމަށްޓަކައި ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީ އެކުލަވާލުމާއި ކޮމިޓީއަށް ހުށައެޅޭ ކަންކަމާ ގުޅިގެން ބޭއްވޭ ބައްދަލުވުންތައް އިންތިޒާމް ކުރުމާއި ނިންމުންތަކާ ގުޅިގެން ފިޔަވަޅު އެޅުމާއި ކޮމިޓީގެ އެންމެހާ މަސައްކަތްތަކާގުޅޭ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން
- އަހަރު ފެށުމުގެ ކުރިން އިދާރާއަށް ބޭނުންވާ ޓްރޭނިންގ ރިކްއާރމެންޓް ޕްލޭނެއް އެކުލަވާލުމަށް އެހީތެރިވުން އަދި މުވައްޒަފުންނަށް ޓްރެއިނިންގ ބޭނުންވާ ދާއިރާތައް ދެނެގަނެ ސިވިލް ސަރވިސްއިން ކުރިއަށްގެންދާ ޓްރެއިނިންގ ޕްރޮގްރާމްތަކުގައި މުވައްޒަފުން ބައިވެރިކުރުން.
- މުވައްޒަފުންގެ ފެންވަރު ބެލުމާ ގުޅޭގޮތުން މުވައްޒަފުން ހޭލުންތެރިކުރުވުމާއި އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި މަސައްކަތްކުރާ މުވައްޒަފުން ފާހަގަކޮށް އަގުވަޒަންކުރުމާއި މުވައްޒަފުންގެ މެދުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމާއެކު ކޮންމެ އަހަރަކު ސްޓާފް ނައިޓެއް ބާއްވުން.
- މުވައްޒަފުންގެ ހާޟިރީ ރެކޯޑްތަކާއި ޗުއްޓީ ރެކޯޑްތައް ބެލެހެއްޓުމާއި ހާޟިރީ ރަނގަޅުކުރަންޖެހޭ މުވައްޒަފުންނަށް ނަސޭހަތްދިނުމާއި ކޮންމެ އަހަރެއްގެ ޗުއްޓީ ޕްލޭން އެކުވާލާ އޮފީހުގެ މަސައްކަތަށް ދަތިނުވާނެ ގޮތަށް މުވައްޒަފުންގެ ޗުއްޓީގެ ކަންކަން ރާވާލުން.
- މުވައްޒަފުންގެ ޙާޟިރީއާއި، ޗުއްޓީތަކާ ގުޅިގެން މުސާރައަށް ބޭނުންވާ މައުލޫމާތު ބަޖެޓަށް ފޯރުކޮށްދިނުމާއި މުސާރަޝީޓް ތައްޔާރުކުރުމާއި މުވައްޒަފުންގެ ސަލާމް، ޗުއްޓީ ރެކޯޑްތައް ޕަރސަނަލް ފައިލްއަށް ލުމަށްފަހު ރެކޯޑްތައް އަދާހަމަކޮށް ބެލެހެއްޓުން.
- ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކުރުމާއި، މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އަދި މުވައްޒަފުންނަށް ފަހި، އަމާން އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ޤާއިމުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.
- ތަރައްޤީގެ ޕްލޭންއަށް އަމަލީ ސިފަ އަންނަމުންދާގޮތުގެ ރިޕޯޓް، އަހަރީ ރިޕޯޓް، 6 މަސްދުވަހުގެ ރިޕޯޓް، އެކްޓިވިޓީ ކަލަންޑަރު، ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުމާއި ކައުންސިލްގެ އިދާރާއިން ބަލަހައްޓަންޖެހޭ ތަފާސް ހިސާބު ބެލެހެއްޓުމުގެ މަސައްކަތް ރާވާ ހިންގާ ބެލެހެއްޓުން
- ފާއިތުވީ އަހަރުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި ސިވިލް ސަރވިސް ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން ޕާފޯމަންސް އެޕްރެއިޒަލްގެ މަސައްކަތްކޮށް އަޕްޑޭޓްކުރުން
- މުވައްޒަފުގެ މަސައްކަތުގެ ދާއިރާއިން ކުރަންޖެހޭ ފައިސާގެ އެންމެހައި މުޢާމަލާތްތައް ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކުރުން.
- ކައުންސިލްގެ އިދާރާއަށް ޚިދުމަތްލިބިގަންނަން އަންނަ ފަރާތްތަކަށް ޚިދުމަތްދިނުމުގެ މަސައްކަތްތައް ކުރިއަށްދާގޮތް ގާތުން ބަލައި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަވަސް ޚިދުމަތްދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސުން.
- ކައުންސިލް އިދާރާ ހުޅުވާ ލެއްޕުމުގެ އިންތިޒާމް ސެކްރެޓަރީ ޖެނެރަލްގެ އިރުޝާދާ އެއްގޮތަށް ތައްޔާރުކުރުމާއި ކައުންސިލް އިދާރާގެ ތަޅުދަނޑިތައް ބެލެހެއްޓުމާއި ބަންދު ދުވަސްތަކުގައި ކައުންސިލްގެ މަސައްކަތްތަކަށް އޮފީސް ހުޅުވަންޖެހިއްޖެ ހާލަތެއްގައި އެމަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖައްސައި ބެލެހެއްޓުން.
- ސުޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުމާއި މުވައްޒަފުންގެ މަސައްކަތާ ގުޅޭގޮތުން ފާހަގަކުރެވޭ ކަންކަން ސެކްޝަންގެ އިސްވެރިޔާއަށް އަދި ސެކްރެޓަރީ ޖެނެރަލްއަށް ރިޕޯޓްކޮށް އިސްލާޙްކުރަންޖެހޭ ކަންކަން އިސްލާޙްކުރަމުން ގެންދިއުން
|
މަޤާމުގެ ޝަރުޠުތައް:
|
މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް
ކޯ ޑިސިޕްލިން: ނެތް
|
ޕްރިފަރޑް ޑިސިޕްލިން:
އެކައުންޓިންގ
|
ސިވިލް އިންޖިނިއަރިންގ
|
އިކޮނޮމިކްސް
|
އެޑްމިނިސްޓްރޭޝަން
|
ކޮމާސް
|
އެޑިއުކޭޝަން
|
އެގްރިކަލްޗަރަލް ސައިންސް
|
ކޮމިޔުނިޓީ ޑިވެލޮޕްމަންޓް
|
އެންވަޔަރަންމެންޓަލް ސައިންސް
|
އެންތްރޯޕޮލޮޖީ
|
ކޮމްޕިއުޓަރ ސައިންސް
|
ފައިނޭންސް
|
އާކިޓެކްޗަރ
|
ކައުންސިލް އެޑްމިނިސްޓްރޭޝަން
|
ގަވަރނަންސް
|
ބިޒްނަސް
|
ކަލްޗަރ އެންޑް ހެރިޓޭޖް
|
ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް
|
ބިޒްނަސް އެޑްމިނިސްޓްރޭޝަން
|
ޑިމޮގްރަފީ
|
ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް
|
ބިޒްނަސް މެނޭޖްމަންޓް
|
ޑިވެލޮޕްމަންޓް ސްޓަޑީޒް
|
ހިއުމަން ރިސޯސް
|
އިންފޮމޭޝަން ޓެކްނޮލޮޖީ
|
އިންޓަނޭޝަނަލް ރިލޭޝަންސް
|
ލޯ
|
ލީޑަރޝިޕް
|
ލައިބްރަރީ ސައިންސް
|
ލޯކަލް ގަވަރނަންސް
|
މެނޭޖްމަންޓް
|
މެރިން ސައިންސް
|
މާކެޓިންގ
|
އޮފީސް އެޑްމިނިސްޓްރޭޝަން
|
ޕޮލިސީ ސްޓަޑިޒް
|
ޕޮލިޓިކަލް ސައިންސް
|
ޕްރޮޖެކްޓު މެނޭޖުމަންޓު
|
ޕަބްލިކް އެޑްމިނިސްޓްރޭޝަން
|
ޕަބްލިކް މޭނޭޖްމަންޓް
|
ޕަބްލިކް ޕޮލިސީ
|
ޕަބްލިކް ރިލޭޝަންސް
|
ޝަރީޢާ އެންޑް ލޯ
|
ސޯޝަލް ސައިންސް
|
ސޯޝަލް ވޯރކް
|
ސޯޝިއޮލޮޖީ
|
ސްޕޯޓްސް މެނޭޖްމަންޓް
|
ސްޓެޓިސްޓިކްސް
|
ސްޓްރަކްޗަރަލް އިންޖިނިއަރިންގ
|
ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް
|
އަރބަން ޕްލޭނިންގ
|
އާބަން ސްޓަޑީޒް
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް
- އެޑްމިނިސްޓްރޭޝަން
- މެނޭޖްމަންޓް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
އިވެލުއޭޝަން ކްރައިޓީރިއާ
އަސާސީ ޝަރުތު ހަމަވުމުން
|
30
|
އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް
|
5
|
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށްދެވޭ ޕޮއިންޓް
|
5
|
އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
އެސެސްމެންޓް (އިމްތިހާން / ޕްރެކްޓިކަލް)
|
20
|
އިންޓަރވިއު
|
35
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 ޑިސެމްބަރ 2023 ގެ 13:30 ގެ ކުރިން، ނ.މާފަރު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު އަދި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 2024 ޖެނުއަރީ 7 އާއި 2024 ޖެނުއަރީ 11 އާ ދެމެދު، ނ.މާފަރު ކައުންސިލްގެ އިދާރާގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހިސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ލިޔުމަކުން [email protected] އަށް އީމެއިލް ކުރަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560005 / 9780055 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|