ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބެޑްމިންޓަން އެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާ

އެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާއާ ބެހޭގޮތުން

މިއެސޯސިއޭޝަންގެ އިޢުލާން BAM/IUL/2015/02ފ(28 ޖަނަވަރީ 2015) އަދި އިޢުލާން BAM/IUL/2015/03ފ(28 ޖަނަވަރީ 2015) ގައި އިޢުލާން ކޮށްފައިވާ މިއެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހެންވޭރު ބޯޅަގެ ސެމިނަރރޫމުގައި 26 މާރިޗު 2015 ވަނަ ދުވަހުގެރޭ 20:00 ގައެވެ. މިޖަލްސާގައި އެސޯސިއޭޝަންގެ ހުސްވެފައިވާ ނާއިބުރައީސްގެ މަޤާމަށް ބޭފުޅަކު އިންތިހާބުކުރުން ވެސް އޮންނާނެއެވެ.

އިޢުލާން ކުރެވުނު ނާއިބުރައީސްްގެ މަޤާމަށް ކުރިމަތިލެއްވީ އަލްފާޟިލް އަޙުމަދު ޝާކިރު މޫސާ އެވެ. އަދި މިކަމާގުޅޭ އިޢުލާން 28 ޖަނަވަރީ 2015 ގައި ގެޒެޓްކުރުމަށް ފޮނުވި އަހަރީ ޢާންމު ޖަލްސާ އަދި ނާއިބުރައީސްގެ މަޤާމަށް ބޭފުޅުން ކުރިމަތިލެއްވުމަށް އިޢުލާން ކުރެވިފައިވާކަން އެންމެހާ މެމްބަރުންނާއި ކްލަބްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު މިއެސޯސިއޭޝަންގެ އެންމެހައި މެމްބަރުންނަށް ވަނީ ހުޅުވާލެވިފައެވެ. އަދި 9 މާރިޗު 2015 ގައި ބޭއްވުނު އެގްޒެކެޓިވް ކޮމިޓީ ބައްދަލުވުމުގައި 20 މާރިޗު 2015 ވަނަ ދުވަހާ ހަމައަށް މެމްބަރޝިޕް ފީ ދައްކަވާފައިވާ މެމްބަރުންނަށް މިޖަލްސާގައި ބައިވެރިވެވޭނެކަމާއި، މުޅިން އަލަށް މިއަހަރުގެ ފެބުރުވަރީމަހުގެ 20 ވަނަ ދުވަހާ ހަމައަށް ރަޖިސްޓްރޭޝަން ހައްދަވާފައިވާ މެމްބަރުންނަށް މިޖަލްސާގައި ބައިވެރިވެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާކަން ވެސް ދަންނަވަމެވެ. ވީމާ، މެމްބަރުން މެމްބަރޝިޕް ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

ކްލަބް އަދި ބީޑީސީތަކުގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ކްލަބް އަދި ބީޑީސީ ތަމުސީލުކޮށް ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު ޖަލްސާ ބޭއްވުމުގެ 48 ގަޑިއިރުކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ.

01 ޖުމާދަލްއާޚިރާ 1436

21 މާރިޗު 2015
ހޯދާ