ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރ ޕްރައިސްވޯޓަރހައުސްކޫޕަރސް (މޯލްޑިވްސް) ގެ ނަންބަދަލުކޮށް، ޑެލޮއިޓް ގްރޫޕްއާ ގުޅުން؛

2022 ވަނަ އަހަރުގެ މިކުންފުނީގެ އަހަރީ އާންމު ޖަލްސާގައި، 2023 ވަނަ އަހަރު ކުންފުނީގެ ހިސާބުތައް އޮޑިޓުކުރާނެ އެކްސްޓަރނަލް އޮޑިޓަރުންގެ ގޮތުގައި ހަމަޖައްސާފައިވާ ޕްރައިސްވޯޓަރހައުސްކޫޕަރސް (މޯލްޑިވްސް)  ގެ ނަން ބަދަލުކޮށް، ޑެލޮއިޓް ގްރޫޕްއާ ގުޅިފައިވާކަމަށް މިކުންފުންޏަށް ވަނީ އަންގާފައެވެ. އެހެންކަމުން، ޕްރައިސްވޯޓަރހައުސްކޫޕަރސް (މޯލްޑިވްސް) ގެ މިހާރުގެ ނަމަކީ "ޑެލޮއިޓް ޕާރޓްނާސް" އެވެ.  

ވުމާއެކު، މިކަން ކުންފުނީގެ އެންމެހައި ހިއްސާދާރުންނާއި އަދި ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

21 ޑިސެންބަރު 2023
ހޯދާ