މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މެނޭޖަރ

އިޢުލާން

ރައްޔިތުންގެ ވިޔަފާރިއަށް މެނޭޖަރަކު ހޯދުން.

މަޤާމް:             މެނޭޖަރ

ބޭނުންވާ އަދަދު:       1 (އެކެއް)

މުސާރަ:            -/8835 ރުފިޔާ (އަށްހާސް އަށްސަތޭކަ ތިރީސް ފަސްރުފިޔާ)          

ހާޒިރީ އެލަވަންސް:      -/1500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ)

މަޤާމުގެ ޝަރުޠު:  

ޑިޕްލޮމާ އިން ބިޒިނަސް މެނޭޖަމަންޓް ސެޓްފިކެޓް އޮތުމާއި، ވިޔަފާރީގެ ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ބިޒިނަސް މެނޭޖްމަންޓުގެ ދާއިރާއިން ލެވެލް 4 ގެ ސެޓްފިކެޓް އޮތުމާއި، ވިޔަފާރީގެ ދާއިރާއިން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ލެވެލް 3 ގެ ސެޓްފިކެޓް އޮތުމާއި، ވިޔަފާރީގެ ދާއިރާއިން މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީސީ އޯލަވެލް އިމްތިޙާނުން ދިވެހި އިސްލާމް އިނގިރޭސި އެކައުންޓުން ފާސްވެފައިވުމާއި، ވިޔަފާރީގެ ދާއިރާއިން މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރިޑެޓްކޮށްފައިވާ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

- ޕޮލިސް ރިޕޯޓް.

އެހެނިހެން ޢިނާޔަތްތައް: އިތުރުގަޑީގައި މަސައްކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ (މުސާރައިގެ ތިންބައިކުޅަ އެއްބައި) އާއި، ހަމަޖެހިފައިވާ އުޞޫލުން ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ ލިބޭނެއެވެ.

ސިޓީ ހުށަހަޅުއްވަންޖެހޭ އެންމެ ފަހުގެ ތާރީޚު: 2015 މާރިޗު 31 ވާ އަންގާރަދުވަހުގެ 15:00 ގެ ކުރިން، އުނގޫފާރު ކައުންސިލްގެ އިދާރާއަށް.

އިންޓަރވިއުކުރުން: ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު، 2015 އެޕްރީލް 6 ވަނަ ދުވަހުގެ 10.30 ގައި އުނގޫފާރު ކައުންސިލުގައި.

             ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

27 ޖުމާދަލްއޫލާ 1436

18 މާރިޗު 2015
ހޯދާ