ނައިވާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2024 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމާ ގުޅޭ
އިޢުލާން
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
2024 ވަނަ އަހަރަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް، ފުރަތަމަ ފަހަރަށް ކުރެވުނު މި ސްކޫލްގެ ނަމްބަރ GS-92/IUL/2023/024 (05 ޑިސެމްބަރ 2023) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން 2024 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.
މިބީލަމަށް ހުޅުވާލެވިފައިވަނީ ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޑިސެމްބަރ 22 އިން 2024 ޖެނުއަރީ 02 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރައްވަން ވަޑައިގަންނަވާއިރު ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރ އެނގޭނެ ލިޔުމެއް ގެންނަވަން ވާނެއެވެ.
- މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޖެނުއަރީ 03 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 ޖެނުއަރީ 04 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ. މި ބައްދަލުވުމުގައި ބައިވެރިކުރާނީ ހަމައެކަނި ނަންނޯޓް ކުރައްވާ ފަރާތްތައް ކަމުގައިވެސް ދަންނަވަމެވެ.
- ބީލަން ހުޅުވުން އޮންނާނީ 2024 ޖެނުއަރީ 08 ވާ ހޯމަ ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނައިވާދޫ ސްކޫލް / ހދ. ނައިވާދޫ
ފޯން: 6520537، އީ-މެއިލް: [email protected]
21 ޑިސެންބަރު 2023
ހޯދާ