ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މަސައްކަތު      

ބޭނުންވާ އަދަދު:  1 (އެކެއް)

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން: ނޫރާނީ ސްކޫލް، ސ. ހިތަދޫ

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ޝަރުޠު:

ސަރވިސް އެލަވަންސް

މަޤާމުގެ އަސާސީ މުސާރަ

 

ޝަރުޠު

 

ކްލެސިފިކޭޝަން

 

ރޭންކް

 

މަޤާމް

-/1000

-/3100

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ސަޕޯޓް ސްޓާފް ގްރޭޑް 1

އެސް.އެސް. 1

މަސައްކަތު

މަޤާމުގެ މަސްއޫލިއްޔަތު:

(ހ) ސުކޫލުގެ ގޯތިތެރެއާއި، ގޯތީގެ ވަށައި މަގު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

(ށ) ސުކޫލުގެ އޮފީސް ޢިމާރާތާއި، ކްލާސްރޫމްތަކާއި، އެހެނިހެން ރޫމްތަކުގެ ދޮރާއި ދޮރުފަތްތަކާއި އެތެރެ ފޮޅައި ސާފުކޮށް މޮޕްލުން.

(ނ) ސުކޫލުގެ އޮފީހާއި ސްޓާފް ރޫމުގެ ފާޚާނާތަކާއި ކުދިންނަށް ޚާއްޞަކުރެވިފައިވާ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.

(ރ) ސުކޫލުގައި ހުރި ފަރުނީޗަރުތައް ސާފުކޮށް ބެލެހެއްޓުން.

(ބ) ސްކޫލުން ބާއްވާ އެކިއެކި ހަރާކާތްތަކަށް ސުކޫލުގެ ހޯލާއި ގޯތިތެރެ ތައްޔާރުކުރުން.

(ޅ) ސުކޫލުގެ ދިޔަދޮވިތައް ސާފުކޮށް ބެލެހެއްޓުމާއެކު، ގޯތިތެރޭގައިވާ ބިޔަގަސްތައް ކޮށައި ސާފުކުރުން.

އެހެނިހެން ޢިނާޔަތްތައް:

- އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން، އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

- ސަރުކާރު މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސައިދެވޭނެއެވެ. 

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:
1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު.  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.  3. މަސައްކަތުގެ ހުނަރާއި ޤާބިލްކަމާއި ފެންވަރާއި ބޭނުންވާ ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ނޫރާނީ ސްކޫލުން ލިބެން ހުންނާނެއެވެ.)
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން، މި ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ތަޖުރިބާގެ ލިޔުންތަކާއި ލިބިފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކެ)

ފޯމް ފޮނުވަންޖެހޭ ތާރީޚު:

 2015 މާރިޗު 30 ވާ ހޯމަ ދުވަހުގެ މެންދުރު 3:00 ގެ ކުރިން ނޫރާނީ ސްކޫލަށް.

އިންޓަވިއު އޮންނާނެ ތަނާއި ގަޑި:

 ނޫރާނީސްކޫލް އޮފީހުގައި، 31 މާރިޗު 2015 އާއި 2 އެޕްރީލް 2015 އާ ދެމެދުގެ ތާރީޚެއްގައި.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފު ކުރުމަށް ގުޅާނީ، 6885917 ނަންބަރު ފޯނާއެވެ.

28 ޖުމާދަލްއޫލާ 1436

19 މާރިޗު 2015
ހޯދާ