ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގޯލްޑެން ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވާ އިހަވަންދޫ ޓީމުގެ ކަންކަން މެނޭޖް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
- މާލޭގައި ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި އިހަވަންދޫއިން ބައިވެރިވާ ފުޓްސަލް ޓީމުގެ ކަންކަން މެނޭޖްކޮށް ހިންގާދޭނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލަމެވެ.
- މި ޕްރޮޕޯސަލަށް ހުށަހެޅޭނީ ޤަނޫނު ނަންބަރު: 2014/18( ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގެ ޤާނޫނު ) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، ޤާނޫނު ނަންބަރު: 2014/19 (ފަރުދުންގެ ވިޔަފާރީގެ ރަޖިޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި' ޤާނޫނު ނަންބަރު: 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކަށެވެ.
- މި ޕްރޮޕޯސަލްގައި ރަޖިސްޓްރީ ކުރުމަށް 2023 ޑިސެންބަރު 21 އިން 2023 ޑިސެމްބަރ 24 ގެ ނިޔަލަށް [email protected] މެއިލްކުރައްވައިގެން ނުވަތަ 6500256 ނަންބަރަށް ގުޅުއްވައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- ޕްރޮޕޯސަލް ހުށަހެޅުމަށް 2023 ޑިސެމްބަރ 28 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އިހަވަންދޫ ކައުންސިލް އިދާރާގެ [email protected] އަށް މެއިލް ކުރެއްވުއެދެމެވެ.
- މިޕްރޮޕޯސަލާއި ބެހޭ މަޢުލޫމާތު ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- ޕްރޮޕޯސަލާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ ފަރާތާއި ގުޅުމުން ލިބިވަޑައިގަންނަވާނެއެވެ.
އ.ކައުންސިލް އެގްޒެކްޓިވް ޢަލީ އަރުޝަދު
މޯބައިލް: 9850584
21 ޑިސެންބަރު 2023
ހޯދާ