ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
މި އެޖެންސީގެ ފައިލްތަކާއި އެހެނިހެން ބައެއްތަކެތި ރައްކާކުރުމަށް ގުދަނެއް ކުއްޔަށް ހިފުން

މި އެޖެންސީގެ ފައިލްތަކާއި އެހެނިހެން ބައެއްތަކެތި ރައްކާކުރުމަށް ގުދަނެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު  6 (IUL)199-CS/199/2015/ (11 މާރިޗު 2015) ނަންބަރުގެ އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް މީހުން ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއެޖެންސީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު މި އެޖެންސީއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށްދީފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.

28 ޖުމާދަލްއޫލާ 1437

19 މާރިޗު 2015
ހޯދާ