ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
1 ކޮޓަރީގެ އެޕާޓްމަންޓް އެއް ކުއްޔަށް ހިފުމަށް

ބ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރުމަށް ގެނެވޭ ޑޮކްޓަރަކު ބެހެއްޓުމަށް 1 މަސްދުވަހުގެ މުއްދަތަށް 1 ކޮޓަރީގެ އެޕާރޓްމެންޓެއް (ކައްކާ ކެވޭގޮތަށް) ކުއްޔަށް ހިފަންބޭނުންވެއެވެ.

ވީމާ، ކޮޓަރި ކުއްޔަށް ދިނުމަށް ބޭނުންވާފަރާތްތަކުން 31 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހު 11:00 އަށް ބ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހު 11:00 އަށް ބ. އަތޮޅު ހޮސްޕިޓަލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

21 ޑިސެންބަރު 2023
ހޯދާ