ދިވެހިރާއްޖެ
އިޢުލާން
ޕިކަޕް މަރާމާތުކުރުމާއި ގުޅޭ( ދެވަނަ އިޢުލާނު)
މިކައުންސިލްގެ ޕިކަޕް މާރާމާތު ކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)405-A/2023/36 ( 06 ނޮވެމްބަރ2023)
އިޢުލާނާއި ގުޅިގެން، އެމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކުރިފަރާތްތައް މަދުކަމަށް ފެންނާތީ، އެ ޢިއުލާން ބާޠިލްކޮށް
އަލުން އެމަސައްކަތަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ، ވިޔަފާރި
ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ވިޔަފާރިތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
މިބީލަމުގައި ބައިވެރިވެލައްވާން އެދޭ ފަރާތްތަކުން، 2023 ޑިސެމްބަރ 31 ވަނަ ދުވަހުގެ 14:00ގެ ކުރިން ބިޑް ރަޖިސްޓްރޭޝަންފޯމް"
ފުރިހަމަކުރައްވާ މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މިކައުންސިލަށް
ވަޑަނއިގެން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ހުށަހެޅުމަށް ދަންނަވަމެވެ. މިބީލަމުގައި ބައިވެރިވެވޭނީ މިމުއްދަތުގައި
ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
މި ބީލަމާއި ގުޅިގެން އިތުރަށް މައުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 2024 ޖެނުވަރީ 02 ވަނަ ދުވަހުގެ 12:00 ގެ ކުރިން
މިކައުންސިލްގެ [email protected] މެއިލަށް ލިޔުމަކުން ފޮނުވައިދެއްވުން އެދެމެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 ޖެނުވަރީ 04 ވަނަ ދުވަހުގެ 13:00ގައި މިކައުންސިލްގެ އިދާރާގައެވެ.
މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
08 ޖުމާދަލް އާޚިރު 1445
21 ޑިސެމްބަރ 2023