މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓަންޓް މެނޭޖަރ

ތ. ވިލިފުށިގައި ހުންނަ މިކުންފުނީގެ ސައިޓް އޮފީހަށް މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު:

އެސިސްޓެންޓް މެނޭޖަރ

ބޭނުންވާ އަދަދު:

01 (އެކެއް)

ފެށޭ މުސާރަ:

-/10,070 (ދިހަހާސް ހަތްދިހަ ރުފިޔާ)

ލިވިންގ އެލަވަންސް:

-/1,500 (އެއްހާސް ފަސްސަތޭކަ ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ

މަސައްކަތް ކުރަންޖެހޭތަން:

ތ. ވިލިފުށީގައި ޤާއިމު ކުރެވިފައިވާ މިކޯޕަރޭޝަންގެ ސައިޓް ގައި

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ސައިޓް ހިންގުމުގައި މެނޭޖަރަށް އެހީތެރިވެދިނުން.
  • އެއިރެއްގައި މަސައްކަތްހިނގާ ސައިޓްތަކަށްގޮސް މަސައްކަތް ހިނގާނުހިނގާގޮތް ޗެކްކޮށް މެނޭޖަރަށް ރިޕޯޓުކުރުން.
  • ގަންނަންބޭނުންވާތަކެއްޗަކީ ކޮބައިތޯ ބަލައި އެތަކެތި ގަތުމަށް ރިކުއެސްޓްކުރޭތޯ ކަށަވަރުކުރުން.
  • މުވައްޒަފުންނާއިމެދު އަޅަންޖެހޭ އިސްލާހީފިޔަވަޅު އެޅުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިއުން ތައްޔާރުކުރޭތޯ ކަށަވަރުކުރުން.
  • ދުވަހު ރިޕޯޓު ބަލާޗެކްކުރުމަށްފަހު ހެޑްއޮފީހަށް ފޮނުވުމަށް ޙަވާލުކުރުން

ފެންވަރު ނުވަތަ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއިއެކު، މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއިއެކު، މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއިއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއިއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޓްރޭނީ)

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރަ:

-/4560 (ހަތަރުހާސް ފައްސަތޭކަ ފަސްދޮޅަސް ރުފިޔާ)

ލިވިންގ އެލަވަންސް:

-/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެފައިސާ

މަސައްކަތް ކުރަންޖެހޭތަން:

ތ. ވިލިފުށީގައި ޤާއިމުކުރެވިފައިވާ މިކޯޕަރޭޝަންގެ ސައިޓް ގައި

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

 ޕްރޮޖެކްޓް ސައިޓް އޮފީހަށް ބޭނުންވާ ހުރިހާ އިދާރީ މަސައްކަތްތަކެއް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް އިން މަދުވެގެން 3 މާއްދާއިން "ސީ" ފާސްލިބިފައިވުމާއިއެކު ދިވެހިން "ސީ" ފާސްލިބިފައިވުން.
  • ބޭސިކް ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު ދިވެހި އަދި އިނގިރޭސި ބަހަށް ފަރިތަވުން.
  • މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރަތްތަކަށް އިސްކަންދެވޭނެއެވެ.
  • ޞިއްޙަތު ސަލާމަތުން ހުރުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން

މަޤާމު:

ލޭބަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރަ:

-/4080 (ހަތަރުހާސް އައްޑިހަ ރުފިޔާ)

ލިވިންގ އެލަވަންސް:

-/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެފައިސާ

މަސައްކަތް ކުރަންޖެހޭތަން:

ތ. ވިލިފުށީގައި ޤާއިމުކުރެވިފައިވާ މިކޯޕަރޭޝަންގެ ސައިޓް ގައި

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ޕްރޮޖެކްޓް ސައިޓްގައި ކުރަންޖެހޭ އެކިއެކި ކޮންސްޓްރަކްޝަން މަސައްކަތްތަށް ކުރުން.
  • މެޝިނަރީއާއި ޓޫލްސް ސާފުކުރުމުގެ މަސައްކަތް
  • ޕްރޮޖެކްޓް ހިންގުމުގައި ތަންތަނަށް ފޮނުވަންޖެހޭ އެކިބާވަތުގެ ތަކެތި ވެހިކަލަށް އަރުވާ ބޭލުން.
  • މަސައްކަތްކުރާ ސަރަޙައްދު (ގޯތިތެރެއާއެކު) ސާފުކޮށް ބެލެހެއްޓުން
  • މިކޯރޕޮރޭޝަނުން ދައްކާ ތަފާތު އެކި ލޭބަރ މަސައްކަތްކުރުން

ފެންވަރު ނުވަތަ ޝަރުޠު:

ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަސާސީ ތަޢުލީމު ފެންވަރުހުރި މީހަކު ކަމުގައިވުން.

ވަޒީފާ ދެވޭނީ 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން ހާޒިރީއަށާއި މަސައްކަތުގެ އަޚުލާޤު އަދި ފެންވަރު ބެލުމަށް ފަހު ވަޒީފާ ދާއިމީ ކުރެވޭނެއެވެ. އަދި މިވަޒީފާއަށްއެދި ހުށަހަޅުއްވާ ފަރާތްތަކުން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށެވެ.    

ވީމާ، މިވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު، ވަނަވަރު، އައިޑީ ކާޑުގެ ކޮޕީ، ޕާސްޕޯޓް ސައިޒްގެ 2 ފޮޓޯ، ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން، ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލާ އެއްގޮތް ކޮޕީ އަދި ގުޅޭނެ ނަންބަރު އެނގޭ ގޮތަށް 26 މާރިޗު 2015 (ބުރާސްފަތި) ދުވަހުގެ 15:00 ގެ ކުރިން މާލޭގައި ނަމަ މިކޯޕަރޭޝަންގެ ހެޑް އޮފީހަށް އަދި ތ. ވިލިފުށީގައި ނަމަ އެމް.އާރް.ޑީ.ސީ. ވިލިފުށީގައި ސައިޓް އޮފީހައް ފޮނުއްވައިދެއްވުން އެދެމެވެ.

26 ޖުމާދަލްއޫލާ 1436

17 މާރިޗު 2015
ހޯދާ