ދިވެހިރާއްޖެ
2015 ވަނަ އަހަރު މި ސުކޫލުގެ ޕުރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިސުކޫލުގެ ލައިބުރަރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި 31 މާރިޗު 2015 ވާ އަންގާރަ ދުވަހު 13:00 އަށް ގެ ކުއްޔަށް ދިނުމަށް އެދި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާއިރު ކުއްޔަށްދޭން ބޭނުންވާ އަގު (މަހަކަށް) އަދި ގޭގެ ޗާޓާއި ގޭގައިހުރި ތަކެތީގެ ލިސްޓަކާއެކު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް: މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނެތް ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ބަދަލުގައި އެހެން ބޭފުޅަކުވެސް ފޮނުވިދާނެއެވެ.
އަދި، މި ސުކޫލުގެ ނަންބަރު: GS-186/IU/2015/11ގެ އިޢުލާނު ބާތިލުކޮށް އަލުން އިޢުލާނު ކުރީމެވެ.