ދިވެހިރާއްޖެ
ކުއްލިއްޔާއިން ކޮށްފައިވާ ނަންބަރު: 2015/05/B/I-ފ170 އިޢުލާނުގައިވާ ކުއްލިއްޔާއަށް 10 ލެޕްޓޮޕާއި 1 ސްމާޓް ބޯޑު، ވިއްކާނެ ފަރާތެއް ހޯދަން ކުރި އިޢުލާނަށް އެންމެ ދެފަރާތަކުން ކުރިމަތިލައްވާފައިވާތީ އެއިޢުލާނު ބާޠިލުކޮށް، އަލުން އެއިޢުލާން ކުރަމެވެ.
ބީލަން ހުށަހެޅުމުގެ ފުރުޞަތު:
ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާއަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއްޖެއެވެ.
10 ލެޕްޓޮޕް
1 ސްމާޓް ބޯޑު
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 މާރިޗު 26 ވާ (ބުރާސްފަތި) ދުވަހުގެ 13:30 އަށް ކުއްލިއްޔާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އެޕްރީލް 02 ވާ (ބުރާސްފަތި) ދުވަހުގެ 13:30 އަށް ކުއްލިއްޔާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް:
ޓެލެފޯނު ނަންބަރު: 3321295 / 1930123 އަށް ގުޅުއްވުން އެދެމެވެ.
27 ޖުމާދަލްއޫލާ 1436