މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
ބައެއް ޓްރާންސްމީޓަރތައް މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއަރ ގަންނަން

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

MBC-PRC/Eng/2015/042

 

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކޯޕަރޭޝަންގައި ހުރި ބައެއް ޓްރާންސްމީޓަރތައް މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއަރ ގަންނަން ބޭނުންވެއެވެ.

ވީމާ، މި ކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މިތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެއެވެ.

27 ޖުމާދަލްއޫލާ 1436

18 މާރިޗު 2015
ހޯދާ