މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފޮތްލިޔެ ލޭއައުޓް ހަދައި ޗާޕުކުރުމަށް ބޭނުންވެއްޖެ

އިޢުލާން

ފޮތްލިޔެ ލޭއައުޓް ހަދައި ޗާޕުކުރުމަށް ބޭނުންވެއްޖެ

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން އިން ތައްޔާރުކޮށް 2015 ވަނަ އަހަރު ރާއްޖޭގެ ސްކޫލްތަކުގައި ހިންގަން ފަށާފައިވާ އާ ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 2 (ގްރޭޑް 4 ، 5 އަދި 6) ގެ އިސްލާމް، ޤުރުއާން އަދި ދިވެހި މި ތިން މާއްދާގެ ފޮތްތައް (ދަރިވަރުންގެ ފޮތް ތަކާއި މުދައްރިސުންގެ ފޮތްތައް) ލިޔުމާއި ލޭއައުޓްހެދުން އަދި  ޗާޕުކުރުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

30 މާރިޗު 2015 (ހޯމަ) ދުވަހުގެ 14:00 އަށް

15 އެޕްރީލް 2015 (ބުދަ) ދުވަހުގެ 14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341346, 3341403 ނަމްބަރު ފޯނާއެވެ.

09 ޖުމާދަލްއާޚިރާ 1436

22 މާރިޗު 2015
ހޯދާ