ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ލައިސަންސް ދުއްވުމުގެ ޓެސްޓް ހެދުމަށް އެގްޒަމިނަރއެއް ހަމަޖެއްސުން

                                               ނަންބަރު: (IUL)386/386/2023/74

އިޢުލާން

އެއްގަމު އުޅަނދު ލައިސަންސް ދުއްވުމުގެ ޓެސްޓް ހެދުމަށް އެގްޒަމިނަރއެއް ހަމަޖެއްސުން

               އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް މިއިދާރާއިން ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއެވެ. އިމްތިހާނު އޮންނާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި މިއިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މިފުރުޞަތު ދެޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.

ބޭނުންވާ އަދަދު: 02 (ދޭއް)

އުޖޫރަ:

  • 2 ފުރޮޅުލީ އުޅަނދަކަށް 30.00 ރުފިޔާ
  • އެހެނިހެން އުޅަނދުތަކަށް 50.00 ރުފިޔާ

މި އަގުތައް ފާސްކޮށްފައިވަނީ ތ. ގުރައިދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2022 ވަނައަހަރުގެ 10 ވަނަ ޖަލްސާއިން 11 މާރިޗު 2022 ގައެވެ.

ޝަރުޠު

  • ފާއިތުވި 5 އަހަރުގެ ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.
  • ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
  • ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުމާއި ރަނގަޅު ސިއްހަތެއްގައި ހުރުން.
  • ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިޞިއްޔަތަކުން މަސައްކަތް ކުރާ މީހެއް ކަމުގައި ނުވުން

 

ވީމާ، މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން އެފަރާތަކަށް ލިބިފައިވާ އެއްގަމު ލައިސަންސްގެ ކެޓަގަރީތައް އެގިވަޑައިގަންނަވާނެ ލިޔުންތަކާއި އެފަރާތުގެ އައި. ޑީ ކާޑުގެ ފޮޓޯ ކޮޕީ އާއި 01 މަސްނުވާ ޕޮލިސް ރިޕޯޓް އަދި ވަނަވަރާއިއެކު ސިޓީއަކުން 27 ޑިސެންބަރު 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ފޮނުއްވުން އެދެމެވެ. އެގްޒަރމިނާރ ޢައްޔަން ކުރުމުގައި އެންމެ ގިނަ ކެޓަގަރީތަކުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

          20 ޑިސެންބަރު 2023              

          07 ޖުމާދަލްއާޚިރާ 1445

20 ޑިސެންބަރު 2023
ހޯދާ