ދިވެހިރާއްޖެ
މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު މަސްޖިދުއްޞަލާޙުއްދީން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް 28 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް [email protected]އަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯރމް ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯރމް މި އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މި ބީލަމުގައި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
ކަމާގުޅޭ މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހަޅުއްވަންވީ ތާރީޚާއި ގަޑި ތިރީގައި އެވަނީ އެވެ.
ބައްދަލުވުން |
ތާރީޙް |
ގަޑި |
ބީލަމާބެހޭ މަޢުލޫމާތު ދިނުން |
28 ޑިސެންބަރު 2023 (ބުރާސްފަތި) |
10:30 |
އަންދާސީ ހިސާބު ހުށަހެޅުން |
02 ޖަނަވަރީ 2024 (އަންގާރަ) |
11:00 |
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.