އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކާއި ކުލަސިފިކޭޝަން

އެމް.އެސް.3، ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:

01

މުސާރަ:

-/7،035 (ހަތްހާސް ތިރީސް ފަހެއް) ރުފިޔާ

ސަރވިސް އެލަވަންސް:

-/2،000 (ދެހާސް) ރުފިޔާ

އެޓަރނީ ޖެނެރަލްގެ އޮފީސް އެލަވަންސް

 (އަސާސީ މުސާރައިގެ %35)

މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އެ ވަގުތުތަކަށް ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

އެޓަރނީ ޖެނެރަލްގެ އޮފީސް، މާލެ.

މަޤާމުގެ ޝަރުޠުތައް:

 

 

 

  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

  • އައިޓީއާގުޅޭ އެންމެހައި މަސައްކަތްތަކެއް ރާވައި ހިންގައި ބެލެހެއްޓުން.
  • ނެޝަނަލް ސެންޓަރ ފޮރ ޓެންކޮނޮލޮޖީ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކްލެމެންސީ ބޯޑާއި އޮފީހުގެ ކޮމްޕިއުޓަރ ސިސްޓަމްތަކާއި އެހެނިހެން އައިޓީ އާ ގުޅޭ ވަސީލަތްތައް ބެލެހެއްޓުން.
  • އިންފޮރމޭޝަން ޓެކްނޮލޮޖީއާއި ގުޅޭ އާލާތްތައް ހޯދައި މަރާމާތުކޮށް ބެލެހެއްޓުން.
  • އޮފީހާއި ކްލެމެންސީ ބޯޑުގެ ކޮމްޕިޔުޓަރ ނެޓްވޯރކް އާއި ސާވަރ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން.
  • އޮފީހާއި ކްލެމެންސީ ބޯޑުގެ ފޯން ނެޓްވޯރކަށް ދިމާވާ މައްސަލަ ހައްލުކޮށް ބެލެހެއްޓުން.
  • އޮފީހާއި ކްލެމެންސީ ބޯޑުގެ އިންޓަރނެޓްއަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
  • ޖެމްސްއާ ގުޅުންހުރި އެންމެހައި މަސައްކަތެއް ބެލެހެއްޓުން.
  • ޒަމާނީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ ގުޅިގެން އޮފީހާއި ކްލެމެންސީ ބޯޑުގައި ބޭނުންކުރާ އޮޕަރޭޓިންގ ސިސްޓަމްތަކާއި ސޮޕްޓްވެއަރތައް އަޕްގްރޭޑް ކުރުމާއި މުވައްޒަފުން އަހުލުވެރިކުރުވުން.
  • ޔުނިޓްގެ މަސައްކަތްތަކާ ގުޅިގެން ދުވަހު ޔައުމިއްޔާ ތައްޔާރުކުރުމާއި އަހަރު ރިޕޯޓުތައްޔާރުކުރުމަށް ބޭނުންވާ  މަޢުލޫމާތު ތައްޔާރުކުރުން.
  • ޔުނިޓްގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ އަހަރީ އެކްޝަން ޕްލޭންތައް ތައްޔާރުކުރުމާއި، ޕްލޭންއާ އެއްގޮތަށް މަސައްކަތް ހިންގުން.
  • އޮފީހުގެ އައު ވެބްސައިޓް ޤާއިމުކުރުމާއި ވެބްސައިޓްގެ މެއިންޓެނަންސް މަސައްކަތްކުރުން، ކްލެމެންސީ ބޯޑުގެ ވެބްސައިޓާއި އެމްވީލޯ ސައިޓް ތައްޔާރުކުރުމާއި، އަޕްޑޭޓްކޮށް ބެލެހެއްޓުން، އިންޓްރާ ނެޓްސައިޓާއި ވެބްސައިޓާއި މިކަންކަމާގުޅޭ ނެޓްވާކުތަކާ ގުޅޭ އެންމެހައިކަމެއް ކުރުން.
  • އޮފީހުގެ މަސައްކަތް ހަރުދަނާކުރުމަށް ބޭނުންވާ ސޮފްޓްވެއަރ ޤާއިމުކުރުން.
  • މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް، އޮފީހުން ހަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތެއް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން

  • ވެބްސައިޓް ޑިޒައިން ކުރުމާއި، ކޮމްޕިއުޓަރ ނެޓްވާރކް އެޅުމާއި ޑިޒައިން ކުރުމާއި މެނޭޖްކުރުމުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ސަރވަރ ކޮންފިގަރ ކުރުމާއި ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ޓެލެފޯނު ނެޓްވާރކް ޑިޒައިން ކުރުމާއި ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ކޯޕަރޭޓް ނެޓްވާރކް ސިސްޓަމްތަކާ އެކު ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރިވިސްގެ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
  • އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށްފައިވުމާއެކު މި ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިންޓަރވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އަދި ތަން:

އެޕްރީލް މަހުގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ.   

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 31 މާރިޗު 2015 (އަންގާރަ) ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް އަންނަނިވި ލިޔެކިޔުންތަކާއެކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ވެބްސައިޓް www.agoffice.gov.mv އިންނާއި، މި އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ.

  • ވަޒީފާއަށް އެދޭފަރާތުގެ ސީވީ ނުވަތަ ރެޒުމޭ؛
  • އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ؛
  • ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ؛
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ؛
  • ފުރިހަމަކުރައްވާފައިވާ ކުރުމުއްދަތުގެ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ؛
  • މަސައްކަތުގެ ތަޖުރިބާ (އަދާކޮށްފައިވާ މަޤާމުގެ ރޭންކް އެނގޭގޮތަށް) ހާމަކޮށްދޭ  ލިޔުންތަކުގެ ކޮޕީ؛
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަން އެނގޭނެ އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.

ވަޒީއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި، މިމަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލާ އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3010100 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

28 ޖުމާދަލްއޫލާ 1436    

19 މާރިޗު 2015
ހޯދާ