އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2024 ވަނަ އަހަރު އިންނަމާދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
އިންނަމާދޫ ސްކޫލް
ރ.އިންނަމާދޫ، ދިވެހިރާއްޖެ ނަމްބަރ: GS123/SR/IUL/2023/12
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2024 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މިސްކޫލުގެ 2024 ވަނަ އަހަރުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ސެކިއުރިޓީ ބެލެހެއްޓުމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މިބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޑިސެމްބަރ 20 އިން 2023 ޑިސެމްބަރ 25 ގެ ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް މިސްކޫލުގެ 6580359 ފޯނަށް ގުޅުއްވައިގެން ނުވަތަ https://forms.gle/e1WXaDAC2G821Yfp8 މި ލިންކުގައިވާ "ބިޑް ރަޖިސްޓްރީ ފޯމު" ފުރިހަމަކުރައްވައިގެން ނަން ނޯޓު ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުދައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- މިބީލަމާއި ބެހޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2023 ޑިސެމްބަރ 26 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލުގެ އިދާރާގައެވެ.
- މި ބީލަމާއި ގުޅޭގޮތުން އިތުރަށް ކަމެއް ސާފުކުރަންވަން ބޭނުންފުޅުވާނަމަ، އެކަމެއް 2023 ޑިސެމްބަރ 27 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ސްކޫލުގެ ރަސްމީ މެއިލްއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2023 ޑިސެމްބަރ 28 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލުގެ އިދާރާގައެވެ.
- މިޚިދުމަތް ދިނުމަށް އެދި ބީލަން ހުށަހެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރ (18/2014) ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރ: (19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
- ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ.
- ބީލަމުގެ ރަޖިސްޓްރީގައި ނަންނޯޓު ނުކުރައްވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
- މިބީލަމާގުޅޭ ބީލަންފޮތާއި، ބީލަން ހުށަހަޅާފޯމު، އަދި މަޢުލޫމާތު ކަރުދާހާއި، ބީލަމާއި ގުޅޭ ލިޔެ ކިޔުންތައް މި އި ޢުލާނާއި އެކު އަޕްލޯޑު ކުރެވިފައި ވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯނު ނަމްބަރ: 6580359
އީމެއިލް އެޑްރެސް: [email protected]
މިހެންވެ މިކަން ޢާއްމުކޮށް އިޢުލާނު ކުރީމެވެ.
7 ޖުމާދަލް އާޚިރާ 1445
20 ޑިސެމްބަރ 2023
20 ޑިސެންބަރު 2023
ހޯދާ