ދިވެހިރާއްޖެ
މަގާމުގެ ނަން |
|
މަޤާމު: |
ސޮފްޓްވެއާރ ޑިވެލޮޕަރ |
ބޭނުންވާ އަދަދު: |
01 |
މަޤާމުގެ ގިންތި: |
ވަގުތީ ، ކޮންޓްރެކްޓް އުސޫލުން |
ކޮންޓްރެކްޓް މުއްދަތު: |
1 އަހަރު (މީލާދީ) |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މޯލްޑިވްސް އިމިގްރޭޝަން ހެޑް އޮފީސް (ވެލާނާގެ 1 ވަނަ ފަންގިފިލާ) |
މުސާރަ: |
-/25000ރ |
ލިވިންގ އެލަވަންސް: |
-/10000ރ |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
މިމަގާމުގެ މަސްއޫލިއްޔަތުތަކާއި މިމަޤާމަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓާރމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރ) މޯލްޑިވްސް އިމިގްރޭޝަންގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
|
މަގާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް ޝައުޣުވެރިވާ ފަރާތްތަކުން 27 ޑިސެމްބަރ 2023 ގެ 16:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.އިޢުލާނުގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން މަޤާމަށް އެދި ހުށަހަޅަންވާނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، މުއްދަތު ހަމަނުވާ ،ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. - ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) - ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) - މަސައްކަތު ތަޖުރިބާ އާއި ޤާބިލްކަން އަންގައިދޭ އެންމެހާ ލިޔެކިޔުންތައް.
|
އިންޓަވިއު ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. ނޯޓް: އިންޓަވިއު އަށް ހާޒިރުވާއިރު ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.
|
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް |
ވެބްސައިޓް: www.immigration.gov.mv |