މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ބްރޯޑްކާސްޓު ލައިސަންސް ދޫކޮށްފައިވާ ސްޓޭޝަންތަކުގެ އަހަރީ ރިޕޯޓު ހުށަހެޅުން

ސަރކިއުލަރ

ބްރޯޑްކާސްޓު ލައިސަންސް ދޫކޮށްފައިވާ ސްޓޭޝަންތަކުގެ އަހަރީ ރިޕޯޓު ހުށަހެޅުން

ބުރޯޑުކާސްޓު ކުރުމުގެ ޤާނޫނުގެ 30ވަނަ މާއްދާގެ (ކ) ގައި ލައިސަންސް ދޫކުރުމުގެ ޝަރުޠުތަކަށް ޢަމަލު ކުރަމުންދާ މިންވަރާއި، އެފަރާތްތަކުން ހިންގާ ޙަރަކާތްތަކާ ގުޅޭ ގޮތުން ބުރޯޑުކާސްޓު ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން ކޮންމެ އަހަރަކު އެއް ފަހަރު ކޮމިޝަނަށް ރިޕޯޓު ކުރަންވާނެކަން ބަޔާންކުރުމާއެކު ބުރޯޑުކާސްޓުކުރުމުގެ ގަވާއިދުގައި ލައިސަންސް ދިނުމުގެ ޢާންމުޝަރުޠުތަކުގެ ތެރޭގައި، ބުރޯޑުކާސްޓު ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ފާއިތުވި އަހަރު ސްޓޭޝަން ހިނގި ގޮތުގެ އަހަރީ ރިޕޯޓު ވިދިގެން އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ކޮމިޝަނަށް ހުށަހެޅުމަށް ބަޔާންކޮށްފައިވީ ހިނދު، ބައެއް ބްރޯޑްކާސްޓަރުން މިހާތަނަށްވެސް މި ރިޕޯޓު ވަނީ ހުށަނާޅައެވެ.

ވީމާ، މިހާތަނަށް ރިޕޯޓު ހުށަހަޅާފައި ނުވާ ފަރާތްތަކުން 30 މާރިޗު 2015 ވާ ހޯމަ ދުވަހުގެ ކުރިން ބުރޯޑުކާސްޓު ކުރުމުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން 2014ވަނަ އަހަރުގެ އަހަރީ ރިޕޯޓު މި ކޮމިޝަނަށް ފޮނުއްވައިދެއްވުން އެދެމެވެ. ތިރީގައި ބަޔާންކޮށްފައި މިވަނީ އަހަރީ ރިޕޯޓުގައި ހިމަނަންޖެހޭ ބައިތަކެވެ.

  1. ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާން.
  2. ލޯކަލް ކޮންޓެންޓް ހިމެނި މިންވަރު.
  3. ޝެޑިއުލާ އެއްގޮތަށް ޕުރޮގުރާމުތައް ގެންދެވުނު ނިސްބަތް.
  4. ބުރޯޑުކާސްޓު ދާއިރާއިން މުވައްޒަފުން ތަމްރީނު ކުރެވުނު މިންވަރު.
  5. ޝެޑިއުލްގައި ޕުރޮގުރާމުތައް ހިމެނިގެންވާ ބައިތަކުގެ (ޖޯންރާ) ތަފުސީލު ދެނެގަތުމަށްޓަކައި ކޮމިޝަނުން އެކުލަވާލާފައިވާ ފޯމު (ކޮމިޝަނުގެ ވެބްސައިޓް/ކޮމިޝަނުގެ އޮފީހުން ލިބެން ހުންނާނެ)
  6. ބުރޯޑުކާސްޓުކުރާ ސްޓޭޝަނުގައި ދިވެހިންނާއި ބިދޭސީން ވަޒީފާ އަދާކުރާ ނިސްބަތް.
  7. ސްޓޭޝަނުގެ ތަރައްޤީއަށްޓަކައި އެކުލަވާލާފައިވާ ޕުލޭނާއި ޕުލޭނުގައި ކަނޑައަޅާފައިވާ ކަންތައްތައް ހާސިލު ކުރެވިފައިވާ މިންވަރު.
  8. ޚިދުމަތް ފޯރުކޮށްދެވިފައިވާ އާބާދީގެ ނިސްބަތް އަދި ސަރަޙައްދުތައް.

28 ޖުމާދަލްއޫލާ 1436

19 މާރިޗު 2015
ހޯދާ