ދިވެހިރާއްޖެ
ލ. ބަރެސްދޫ ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މިކޯޕަރޭޝަނަށް 50 އަހަރަށް ކުއްޔަށް ދީފައިވާ، ލ. ބަރެސްދޫ (މަހަކަންފުށި ހިމެނޭ ގޮތަށް) ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ) އަދި މިފަދަ މަސައްކަތެއްކުރުމުގެ މާލީ ޤާބިލްކަންހުރި ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
އަންދާސީ ހިސާބު ހުށަހެޅުން: 26 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 10:30 ގައި މި ކޯޕަރޭޝަންގެ އޮފީހުގައި
ސަމާލުކަން ދެއްވުމަށް: އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑީގެ ފަހުން ހާޟިރުވާ ފަރާތްތަކަށް، ބައިވެރިވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.
އެމްއައިޓީޑީސީ ގެ އޮފީސް އެޑްރެސް: މ.އައިރިސް 7 ވަނަ ފަންގިފިލާ، ފަރީދީ ގޯޅި، މާލެ، ދިވެހިރާއްޖެ
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ މަސައްކަތު ގަޑީގައި) 3019911 ނަންބަރު ފޯނަށެވެ. ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.