މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ އެއަރޕޯޓްގައިވާ އެގްޒެކްޓިވް/ބިޒްނަސް ލައުންޖް ސަރވިސަސްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: ޑްރައިވަރ

ބޭނުންވާ އަދަދު: 06   

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ) / ޓްރާންސްޕޯޓް އެންޑް ފެރީ ސަރވިސަސް

ޝަރުޠު:

  • ޑްރައިވިންގ ލައިސެންސް B2, B1, C1 އަދި B0 އޮތުން.
  • އުމުރު: 20-35 އަހަރާ ދެމެދު.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.

މުސާރަ އާއި އިނާޔަތްތަކަށް : -/9،000ރ އާއި -/10،000ރ އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސެކްޝަންގައި ބޭނުންކުރާ ވެހިކަލްތައް އޮޕަރޭޓްކުރުން.
  • އެއްތަނުން އަނެއްތަނަށް ދަތުރުކުރާއިރު ސަލާމަތީ މިންގަނޑުތަކަށް ފަރުވާތެރިވެ، ދަތުރުވެރިންނަށް ވެހިކަލަށް އަރައި ފޭބުމުގައި އެހީތެރިވުން.
  • ވެހިކަލްތައް ސާފުކުރުމާއި އަދި ހަވާލުކުރެވޭ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމު: ކޮންސޯލް އޮޕަރޭޓަރ

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ޓްރާންސްޕޯޓް އެންޑް ފެރީ ސަރވިސަސް

ޝަރުޠު:

  • ގްރޭޑް 10 ގެ ފެންވަރު ހުރުން (ގްރޭޑް 10 ގެ ލީވިންގ ސެޓްފިކެޓް އޮތުން)
  • އުމުރު: 20-35 އަހަރާ ދެމެދު.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.

މުސާރަ އާއި އިނާޔަތްތަކަށް : -/9،000ރ އާއި -/10،000ރ އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ފޯންކޯލްތައް ނެގުމާއި ޖަވާބުދާރީވުން.
  • މަޢުލޫމާތު ލޮގްކޮށް ބެލެހެއްޓުން.
  • ބިލް، މެމޯ އަދި ފިއުލް ބިލް ފަދަ ލިޔެކިޔުންތައް ފައިލުކޮށް ބެލެހެއްޓުން.
  • ވެހިކަލްތަކުގެ ދަތުރުތައް ބެލެހެއްޓުން.

މަޤާމު: ސަޕޯޓް ސްޓާފް

ބޭނުންވާ އަދަދު: 03

މަސައްކަތް ކުރަންޖެހޭ ތަން:އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ވޭސްޓް މެނޭޖްމަންޓް

ޝަރުޠު:

  • ގްރޭޑް 7 ގެ ފެންވަރު ހުރުން (ގްރޭޑް 7ގެ ލީވިންގ ސެޓްފިކެޓް އޮތުން)
  • އުމުރު: 20-35 އަހަރާ ދެމެދު
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • ޞިއްޙީ ޙާލަތު ރަނގަޅު ފަރާތެއް ކަމުގައިވުން.

މުސާރަ އާއި އިނާޔަތްތަކަށް : -/9,000ރ އާއި -/10,000ރ އާދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކޯޑިނޭޓަރ / ސުޕަވައިޒަރު ނުވަތަ ގްރޫޕް ލީޑަރ ހަވާލުކުރާ މަސައްކަތްތައް ކުރުން.
  • މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހިންގޭ އެންމެހައި ހަރަކާތްތަކަށާއި ކުންފުނިން ހިންގާ އެހެނިހެން ޕްރޮޖެކްޓް ތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • ގެންގުޅޭ ޓޫލްސް އަދި އިކުއިޕްމަންޓްތައް ސާފުކޮށް ބެލެހެއްޓުން.
  • މަސައްކަތްކުރުމަށްފަހު ތަން ސާފުކޮށް، ކުންފުނީގެ މިލްކިއްޔާތުތަކަށް ގެއްލުންނުވާނޭހެން މަސައްކަތްކުރުން.

މަޤާމު: އެސިސްޓަންޓް ވޯކްސް ކޯޑިނޭޓަރ

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ވޭސްޓް މެނޭޖްމަންޓް

ޝަރުޠު:

  • އޯލެވެލް އިނގިރޭސި އަދި ހިސާބުން އެންމެ ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • ގުޅުންހުރި ދާއިރާ / ވަޒީފާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • އުމުރު: 25-45 އަހަރާ ދެމެދު.
  • ކޮމްޕިއުޓަރ ބޭސިކްސް އެނގުން (އެމް.އެސް ވޯރޑް، އެކްސެލް ފަދަ)
  • މުޢާމަލާތުކުރުމުގެ ހުނަރުވެރިކަން
  • ޞިއްޙީ ޙާލަތު ރަނގަޅު ފަރާތެއް ކަމުގައިވުން.
  • ގިނަ ވަގުތު މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.

މުސާރަ އާއި އިނާޔަތްތަކަށް : -/10،000ރ އާއި -/11،000ރ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޔުނިޓާއި ބެހޭ އެންމެހާ ކަންތައްތައް ރާވާ، ޔުނިޓް ހިންގުމުގެ ޒިންމާ އަދާކުރުން.
  • ކޮންމެ ދުވަހަކު އުކާލެވޭ ތަކެތީގެ ތަފާސް ހިސާބުތައް ރިކޯޑްކޮށް، ގުޅުންހުރި ލިޔެކިޔުންތައް ތައްޔާރުކޮށް، ކޮންމެ މަހަކުވެސް ފައިނޭންސް ޑިޕާޓްމަންޓަށް ބިލްކުރުމަށްޓަކައި ފޮނުވުން.
  • ދުވަހުން ދުވަހަށް، ހަފުތާއަކު އެއްފަހަރު އަދި މަހުން މަހަށް ކުރެވޭ މަސައްކަތްތައް ރާވާ، މަސައްކަތް ހިނގާގޮތް ބެލެހެއްޓުން.
  • ޔުނިޓުގެ އިދާރީ މަސައްކަތައް ކުރުމާއި، މުހިންމު ރިކޯޑްތައް ތަރުތީބުކޮށް ބެލެހެއްޓުން.
  • ޔުނިޓުގެ އެންމެހައި ސްޓާފުންގެ ހާޒިރީ އަދި އަޚުލާޤު ބެލެހެއްޓުން.       

މަޤާމު: އެސިސްޓަންޓް ފިއުލިންގ އޮފިސަރ

ބޭނުންވާ އަދަދު: 05

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ފިއުލް ސަރވިސަސް

ޝަރުޠު:

  • އޯލެވެލް އިނގިރޭސި، ކެމިސްޓްރީ އަދި ފިޒިކްސް އިން އެންމެ ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • ކޮމްޕިއުޓަރ ބޭސިކްސް އެނގުން.
  • ޞިއްޙަތު ރަނގަޅު ފަރާތެއް ކަމުގައިވުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • އުމުރު: 18-35 އަހާރާ ދެމެދު.
  • މަތީގައި ވާ ޝަރުޠުތައް ހަމަވާ ފަރާތްތަކުގެ ތެރެއިން، ޑްރައިވިންގް ލައިސެންސް ކެޓަގަރީ C0 އޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މުސާރަ އާއި އިނާޔަތްތަކަށް : -/10,000ރ އާއި -/11,000ރ އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކުރެވޭ މަސައްކަތްތައް އެންމެ ފައިދާކުރިގޮތަށް ހިންގުމާއި، ބެލެހެއްޓުން.
  • ލިބޭ ޕްރޮޑަކްޓްތަކާއި ހަވާލުވުމާއި ރައްކާކުރުން، އަދި ކޮންމެ ދުވަހަކު ރޭވިގެން ގަވާއިދުން ކުރެވޭ އޮޕަރޭޝަނަލް އަދި ކޮލިޓީ ކޮންޓްރޯލް ޗެކްް ކުރުން.
  • ޔުނިޓުގައި މަސައްކަތްކުރުމަށް ބޭނުންކުރެވޭ މެނުއަލްތަކާ އެއްގޮތަށް މަސައްކަތްކުރުމާއި، ދަށުން މަސައްކަތްކުރާ މުވައްޒަފުންނާ ހަވާލުކުރެވޭ ކަންތައްތައް ކުރޭތޯ ބެލުން.
  • ޓޭންކަރ ޑިސްޗާޖް އޮޕަރޭޝަނާއި، ޕަރފޯމަންސް ސާމްޕްލިންގ އަދި ކޮލިޓީ ކޮންޓްރޯލް ކުރުމަށް ކުރެވޭ ޗެކްތަކުގައި އިސްފަރާތެއްގެ ދައުރު އަދާކޮށް، ބައިވެރިވުން.

މަޤާމު: ރީފިއުލަރ އޮޕަރޭޓަރ

ބޭނުންވާ އަދަދު: 06

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ފިއުލް ސަރވިސަސް

ޝަރުޠު:

  • ގްރޭޑް 8 ގެ ފެންވަރު ހުރުން (ގްރޭޑް 8 ގެ ލީވިންގ ސެޓްފިކެޓް އޮތުން)
  • އެސް.އެސް.ސީ ދިވެހިން  އެންމެ ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • ޞިއްޙީ ޙާލަތު ރަނގަޅު ފަރާތެއް ކަމުގައިވުން.
  • ޑްރައިވިންގް ލައިސެންސް ކެޓަގަރީ C0 އޮތުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • އުމުރު: 18-35 އަހަރާ ދެމެދު.

މުސާރަ އާއި އިނާޔަތްތަކަށް : -/9،000ރ އާއި 10،000ރ އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޑީޕޮޓްގައި ކުރެވޭ އެންމެހައި އޮޕަރޭޝަނަލް މަސައްކަތްތައް ބެލެހެއްޓުން.
  • ފިއުލިންގެ އިކުއިޕްމަންޓް އޮޕަރޭޓްކުރުމާއި ބެލެހެއްޓުން، ސަރވިސަބިލިޓީ ޗެކް ކުރުމާއި، ސާފުކޮށް ބެލެހެއްޓުން އަދި މައްސަލަ ރިޕޯޓުކުރުން.
  • ޔުނިޓުގައި ބޭނުން ކުރެވޭ އެންމެހައި މެނުއަލްތަކުގައިވާ އިރުޝާދާ އެއްގޮތަށް މަސައްކަތްތައް ކުރުމާއި، ހަވާލުކުރެވޭ މަސައްކަތްތައް ނިންމުން.
  • ގަވާއިދުން ކުރެވޭ ޗެކްތަކާއި، ކޮލިޓީ ކޮންޓްރޯލް ޗެކްތަކުގައި ހަރަކާތްތެރިވުން.

މަޤާމު: އޭ.އައި.އެސް. އޮފިސަރ ޓްރޭނީ

ބޭނުންވާ އަދަދު: 05

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / އެއަރ ޓްރެފިކް މެނޭޖްމަންޓް / އެރޮނޯޓިކަލް އިންފޮމޭޝަން ސަރވިސަސް.

ޝަރުޠު:

  • އޯލެވެލް އިނގިރޭސި، ހިސާބު އަދި ފިޒިކްސް އިން އެންމެ ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • އެސް.އެސް.ސީ ދިވެހިން އެންމެ ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • އުމުރު: 18-25 އަހަރާ ދެމެދު.
  • ޔުނިވަރސިޓީ ޑިގްރީ، ނުވަތަ ޓެކްނިކަލް ދާއިރާއިން ޑިޕްލޮމާއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، ބޭސިކް ކޮމްޕިއުޓިންގ އެނގޭ ފަރާތްތަކަށް އިސްކަށްދެވޭނެއެވެ.

މުސާރަ އާއި އިނާޔަތްތަކަށް : -/10،000ރ އާއި -/11،000ރ އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އައިކާއޯ އާއި ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަންގެ ގަވާއިދާ އެއްގޮތަށް، ސީނިއަރ އޭ.އައި.އެސް އޮފިސަރގެ އިރުޝާދުގެ ދަށުން އެރޮނޯޓިކަލް އިންފޮމޭޝަންގެ ޚިދުމަތް ފޯރުކޮށްދިނުން.
  • ފްލައިޓް ޕްލޭންތަކާ ގުޅުންހުރި އެހެނިހެން މަޢުލޫމާތު ކަށަވަރުކޮށް، ބަލައިގަނެ އަދި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • އައިކާއޯ އެނެކްސް އަދި ގުޅުންހުރި އެހެން ލިޔެކިޔުންތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ޑިއުޓީ ފެށުމުގެ ކުރިން، އެންމެހައި ނޯޓިސްތަކާއި (ނޯޓަމް)، ނެވިގޭޝަނަލް އިންޒާރުތައް އަދި މިނޫން އެހެނިހެން މުހިންމު މަޢުލޫމާތު ރަނގަޅަށް ދެނެގަނެ ސަމާލުވުން.
  • އަންނަ އަދި ބޭރަށް ފޮނުވޭ އެންމެހައި ނޯޓަމްތައް ލޮގްކޮށް، ފައިލްކޮށް އަޕްޑޭޓްކުރުން.
  • ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ލިބޭ އެންމެހައި މެސެޖްތައް ފޮނުވަންޖެހޭ ފަރާތްތަކަށް އޭ.އެފް.ޓީ.އެން (އެރޮނޯޓިކަލް ފިކްސްޑް ޓެލެކޮމިއުނިކޭޝަން ނެޓްވޯކް) ގެ ޒަރީއާއިން ފޮނުވައި، ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް އެޑްރެސްކުރެވިފައިވާ އެންމެހައި މެސެޖްތައް އެ އޮތޯރިޓީއަށް ފެކްސްކޮށް، މި މަޢުލޫމާތުތައް ރިކޯޑުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސީވީ އާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ 
  • ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
  • 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓުގެ ކޮޕީ

ނޯޓް: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކިސިޓީއަކުންނެވެ. އަދި ސިޓީއާއިއެކު ކަމާބެހޭ ލިޔުންތައް ހުށައަޅަންވާނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި: 30 މާރިޗު 2015 ވަނަ ދުވަހުގެ 16:00ގެ ކުރިން.

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ: 

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެޑްމިނިސްޓްރޭޓިވް ބިލްޑިންގް

ހުޅުލެ ، ދިވެހިރާއްޖެ. 

އިތުރު މަޢުލޫމާތު : ފޯނު 3325511    

އެދި މި މަޤާމުތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

28 ޖުމާދަލްއޫލާ 1436 ހ.

19 މާރިޗު 2015
ހޯދާ