ދިވެހިރާއްޖެ
މިހާރު ބޭނުންކުރަމުންދާ ގޭބިސީ ދަނޑުބިންތަކަށް ފޯމް ހުށަހެޅުމަށް 2 ވަނަ ފަހަރަށް ފުރުޞަތު ހުޅުވާލުން
(IUL)301/301/2023/45 (22 އޮގަސްޓް 2023) އިޢްލާނާއި ގުޅިގެން ކުރީގައި ދޫކޮށްފައިވާ ދަނޑުބިންތައް ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވިކަމުގައިވިއަސް އެކި ސަބަބުތަކާއިހުރެ ކުރީގެ ދަނޑުބިންތައް ނަގާފައިވާ ފަރާތްތަކުން ފޯމް ހުށަހެޅިފައި ނުވުމުގެ ސަބަބުން އެ ފަރާތްތަކުން ދަނޑުބިންތައް ބޭނުންވާކަމަށް އެދެމުންދާތީ އެ ދަނޑުބިންތަކަށް ފޯމް ހުށަހެޅުމަށް 2 ވަނަ ފުރުޞަތެއް ހުޅުވާލަމެވެ.
ވީމާ، ކުރީގައި ފޯމް ހުށަހަޅާފައިނުވާ ފަރާތްތަކުން 04 ޖެނުއަރީ 2024 (ބުރަސްފަތި) ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. ކުރީގައި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން މި ފުރުޞަތުގައި އިތުރަށް އަލުން ފޯމް ހުށަހަޅާކަށް ނުޖެހޭނެ ކަމުގައި ދަންނަވަމެވެ.