މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
އޮފީސް އެސިސްޓަންޓް

މަޤާމު: އޮފީސް އެސިސްޓެންޓް

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް:

އެސް.އެސް 2

ބޭނުންވާ އަދަދު:

1

މުސާރަ: މަހަކު -/3,470 ރުފިޔާ        

  ސަރވިސް އެލަވަންސް: މަހަކު -/1,000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން

މިނިސްޓްރީ އޮފް ހޯމް އެފެއާޒް / އެޑްމިނިސްޓްރޭޝަން ޔުނިޓް/ މާލެ

އަސާސީ ޝަރުޠު:

  • މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ނުވަތަ މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  • މިނިސްޓްރީން އެކިއެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ސިޓީއާއި ތަކެތި އެފަރާތްތަކަށް ހަވާލުކުރުން.
  • މިނިސްޓްރީން ފާހަގަކުރާ އެކިއެކި ރަސްމިއްޔާތުތަކާއި ގުޅިގެން ހަވާލުކުރަންޖެހޭ ދަޢުވަތު ކާޑު ތަކާއި އެހެނިހެން ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުން.
  • ކޮންމެ ދުވަހަކު ހެނދުނު ކޮންފަރެންސް ރޫމުގެ މޭޒުތައް ސާފުކޮށް، ގޮނޑިތައް ތަރުތީބުކޮށް މޭޒުމަތީގައި ފަންސުރާއި ކަރުދާސް ބެހެއްޓުން.
  • މިނިސްޓްރީއަށް ބޭނުންވާ ތަކެތި ހޯދުމުގައި ޕްރޮކިޔުމަންޓް ސެކްޝަނަށް އެހީތެރިވުމާއި، ހޯދާ ތަކެތި މިނިސްޓްރީއަށް ގެނައުން.
  • ޤައުމީ ފެންވަރުގައި ސަރުކާރުން ފާހަގަކުރާ އެކިއެކި ރަސްމިއްޔާތުތަކުގެ ތެރެއިން މި މިނިސްޓްރީން ފާހަގަކުރާ ރަސްމިއްޔާތުތައް ފާހަގަ ކުރުމާބެހޭ ގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ސެކްޝަނުން އަންގަވާ މަސައްކަތްތައް ކުރުން.
  • އޮފީހުގެ އެހެން ސެކްޝަންތަކުން ކުރިއަށް ގެންދަވާ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަމެއް ބޭނުންވެގެން އެދިވަޑައިގެންފިނަމަ އެކަމެއްގައި އެހީތެރިވެދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ދިވެހި ބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:

01 އެޕްރީލް 2015 ން 09 އެޕްރީލް 2015 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގައި.

އިތުރު މަޢުލޫމާތު:

  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކުގެ އަސްލުތަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313325، 3323820 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަން ޖެހޭ ތަކެތި:

  • ފުރިހަމަ ކުރެވިފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv އިން ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، އަސްލާއެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޟެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

31 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރަށް.

18 މާރިޗު 2015
ހޯދާ