ދިވެހިރާއްޖެ
މި އިޢުލާންވަނީ 19 ޑިސެންބަރު 2023 08:57 ގައި ބާތިލް ކުރެވިފައެވެ.
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ޕލކ.
މާލެ، ދިވެހިރާއްޖެ
ނަންބަރު:MTDC/IUL /2023/CA-115
އެޗް އާރު މެނޭޖްމަންޓް ސޮފްޓްވެއާއެއް ހޯދުމަށް
މިކުންފުންޏަށް އެޗް އާރު މެނޭޖްމަންޓް ސޮފްޓްވެއަރ ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޑިސެމްބަރ 2023 ވާ އާދިއްތަ ދުވަހު ހަވީރު 15:00ގެ ކުރިން [email protected] އަށް އީމެއިލް ކުރައްވާ ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިމުއްދަތުގެ ތެރޭގައި ރެޖިސްޓަރ ކޮއްފައިވާ ފަރާތްތަކަށް އައި.ޓީ.ބީ އީމެއިލް ކުރެވޭނެ އެވެ. އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކަށް ޕްރޮޕޯޒަލްހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
ރެޖިސްޓަރ ކުރައްވާއިރު ތިރީގައި މިދަންނަވާ މައުލޫމާތު ހިމެނެއްވުން އެދެމެވެ.
- ބީލަމަށް ކުރިމަތިލައްވާ ފަރާތުގެ ފުރިހަމަ ނަން.
- ބީލަމުގެ އިޢުލާނު ނަންބަރ.
- ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް.
- ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތް ތަމްސީލުކުރައްވާނެ ފަރާތުގެ ނަން އަދި މަޤާމް.
ޕްރޮޕޯޒަލް ހުށަހެޅުމާއި ހުޅުވުން:
ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީ 2 ޖެނުއަރީ 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ގ.ފަތުރުވެހި 1 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހުގައެވެ. ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ހުޅުވުން އޮންނާނީ ޕްރޮޕޯޒަލްތައް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ހުރިހާފަރާތްތަކުގެ ޙާޒިރުގާ، އެދުވަހު ހެނދުނު 11:05 ގައެވެ.
18 ޑިސެމްބަރ 2023މ.