ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފަޔަރ ފައިޓިންގ އިކުއިޕްމެންޓްސްތަކަކާއި ޓްރެއިނިންގއަށް ބޭނުންވާ ތަކެތި ގަންނަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީޒަށް ފަޔަރ ފައިޓިންގ އިކުއިޕްމެންޓްސްތަކަކާއި ޓްރެއިނިންގއަށް ބޭނުންވާ ތަކެތި ގަންނަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރު 117/MNU-CA-FNP/2015 އަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅަން ހާޒިރުވެފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފީމެވެ.

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 މާރިޗު 2015 ވާ (އާދީއްތަ) ދުވަހުގެ 11:00 އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 އެޕްރީލް 2015 ވާ (ބުރާސްފަތި) ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

28 ޖުމާދަލްއޫލާ 1436

18 މާރިޗު 2015
ހޯދާ