މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުވާފަރު ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށް، ލޭންޑް ސާރވޭ ހެދުމާއި ލޭންޑް ޔޫސް ޕްލޭން ހަދާނެ ފަރާތެއް ހޯދުމަށް

ދުވާފަރު ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށް، ލޭންޑް ސާރވޭ ހެދުމާއި ލޭންޑް ޔޫސް ޕްލޭން ހަދާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލީމެވެ. މި ބިޑްގައި ރަޖިސްޓްރީ ކުރުމަށް 19 ޑިސެމްބަރު 2023 ވާ އަންގާރަ ދުވަހުން ފެށިގެން 2023 ޑިސެމްބަރު 21 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ނިޔަލަށް މިއިދާރާގެ ބީލަންވެރިން ރަޖިސްޓަރ ކުރާ ޝީޓް ފުރުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށްށެވެ.

 

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

21 ޑިސެމްބަރު 2023

ބުރާސްފަތި

11:00

އަންދާސީ ހިސާބު ހުށައެޅުން

26 ޑިސެމްބަރު 2023

އަންގާރަ

11:00

 

މި ބީލަމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.           

އިތުރު މަޢުލޫމާތު

އަގު

70%

މުއްދަތު

20%

މަސައްކަތުގެ ތަޖުރިބާ

10%

  

  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

18 ޑިސެންބަރު 2023
ހޯދާ