މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ފަޅުވެރިންގެ ތަމްރީނާއި ސަނަދާގުޅޭ ގަވާއިދު ގުޅޭ

  މިމިނިސްޓްރީން އެކުލަވާލާ ދިވެހި ސަރުކާރުގެ ގެޒެޓްގައި 5 ޖަނަވަރީ 2023 ގައި ޝާއިޢު ކޮށްފައިވާ ގަވާއިދު ނަންބަރު 2023/R-20  " ފަޅުވެރިންގެ ތަމްރީނާއި ސަނަދާގުޅޭ ގަވާއިދު" ގެ 6 ވަނަ މާއްދާގެ (ނ) ގެ (2) އަދި މިގަވާއިދުގެ 12 ވަނަ މާއްދާގެ (2) ގައި ބަޔާންކޮށްފައިވާ  ގޮތަށް މިމިނިސްޓްރީން ގަބޫލުކުރާނީ  އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ކްލެސިފިކޭޝަން ސޮސައިޓީސް (އައިއެކްސް) މެމްބަރެއްގެ ކޮލިޓީ މިންގަނޑު ފުރިހަމަކޮށްފައިވާ އިންސްޓިޓިއުޓުތަކާއި  އައިއެކްސް ކްލާސް މެމްބަރއެއް ހިންގާފައިވާ ޓްރެއިން ދަ ޓްރެއިނަރސް ކޯސް ފުރިހަމަ ކޮށްފައިވާ ފާރާތްތައް ކަމުގައި އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

18 ޑިސެންބަރު 2023
ހޯދާ