މާފުށީ ސްކޫލް
ދިވެހިރާއްޖެ
ބޮޑު ހޯލުގެ ދޮރުފަތްތައް ހެދުމުގެ މަސައްކަތް

މިސްކޫލް ބޮޑުހޯލްގެ ބޮޑުދޮރުފަތްތައް ހަދާ ހަރުކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 19 ޑިސެމްބަރ 2023ދުވަހަކު 9:30އިން 13:00 އަށް މިސްކޫލަށް ގުޅުއްވައިގެން ނުވަތަ ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
  2. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 20 ޑިސެމްބަރ 2023 ވާ ބުދަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 21 ޑިސެންބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ފޮނުއްވުން އެދެމެވެ.
  4. ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 25 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.

 

                                                                                                                                   

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މާފުށީ ސްކޫލް / ކ.މާފުށި، ހަވީރީހިނގުން

ފޯނުނަންބަރު 7920287

އީމެއިލް: [email protected]

18 ޑިސެންބަރު 2023
ހޯދާ